ފުރިހަމައަށް ތައުބާ ވެވިއްޖެނަމަ މާޒީއަށް ލަދެއް ނުގަންނާނެ! ގަންނާކަށް ނުވެސް ޖެހޭ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
ފުރިހަމައަށް ތައުބާ ވެވިއްޖެނަމަ މާޒީއަށް ލަދެއް ނުގަންނާނެ! ގަންނާކަށް ނުވެސް ޖެހޭ!: މުފްތީ މެންކް

ފުރިހަމަ ގޮތުގައި ތައުބާ ވެވިއްޖެ މީހަކު އެމީހާގެ މާޒީގައި ކުރެވިފައިވާ ކަންކަމަށް ލަދެއް ނުގަންނާނެއެވެ! ލަދު ގަންނާކަށް ނުވެސް ޖެހޭނެއެވެ. އެހެނީ އެއީ އެމީހެއްގެ މާޒީ ކަމުގައި ވާތީއެވެ. 

ދިރިއުޅުމުގައި ނުސީދާ ގޮތްގޮތަށް ކަންކަން ކުރެވުނު ދުވަސްވަރު ތިބާއަށް ކުރެވިފައިވާ ބައެއް އަމަލުތަކަކީ ރަނގަޅު ނޫން އަމަލުތަކަކަށް ވެދާނެއެވެ. އަދި އެއީ މީސްތަކުންގެ އިތުރުން ތިބާ އަމިއްލައަށް ވެސް ލަދުގަންނަން ޖެހޭ ފަދަ އަމަލުތަކަކަށް ވެދާނެއެވެ. ނަމަވެސް އެއީ އެއްވެސް މައްސަލައެއް ކަމަށް ނުދެކޭށެވެ! ސަބަބަކީ ފުރިހަމަ ތައުބާއަކުން ތައުބާ ވެއްޖެ މީހަކީ ކުރިން އެއްވެސް ކުށެއްނެތް މީހެއް ފަދަ މީހެކެވެ. 

ތިބާއަކީ ކުރިން ކުށެއް ކުރެވިފައިވާ މީހެއް ކަމަށް ބައަކު ބުނެފާނެއެވެ. މިވެނި ފާފައެއް ކުރެވުނު މީހެއް ކަމަށް ވެސް ބުނެފާނެއެވެ. ހަމަ އެއްވެސް ވަރަކަށް އަޅައިވެސް ލާނެ ކަމެއް ނެތެވެ. އެފަދަ މިހުންނާއި ދިމާއަށް ސާބިތުކަމާއިއެކު ބުނާށެވެ! "އަހަރެން މިހިރީ ތައުބާވެގެންނެވެ! ތިއައީ އަހަރެންގެ މާޒީއެވެ."

ނަމަވެސް ދަންނާށެވެ! މިމޭރުމުން ބުނުމަށްފަހު އެފަދަ ކުށަކަށް އަލުން އަރައިގަނެގެން ނުވާނެއެވެ. ސާބިތުކަންމަތީގައި ދެމިހުންނަންވާނެއެވެ. ފުރިހަމަ ތައުބާއަކުން ތައުބާވުމުގެ ތެރޭގައި ކުށް ތަކުރާރު ނުކުރުން ހިމެނެއެވެ.

މިއަދު އޮންލައިން