ޞަލާހުއްދީން މިސްކިތުގެ ފާޚާނާގައި މަސްތުވާ ތަކެތި ބޭނުންކުރާ ވީޑިއޯއެއް ޢާންމުކޮށްފިއެވެ. ވީޑިއޯ ހާމަކުރި ފަރާތުން ބުނެފައިވަނީ މިކަން ކުރީ ޢިޝާ ނަމާދުގެ ވަގުތުގައި ކަމަށެވެ.
މަސްތުވާތަކެތި ބޭނުން ކުރުން މިމިންވަރަށް ޢާންމުވެ އެއްވެސް ބިރެއް ނެތި މިސްކިތްތަކާއި ހަމައަށް ވެސް ފޯރާފައިވާތީ ވީޑިއޯ ހާމަކުރެއްވި ޔޫސުފް ވަނީ ކަންބޮޑުވުން ފައުޅު ކުރައްވައިފައެވެ.
ރާއްޖޭގައި މިހާރު އަމަލުކުރާ ޤާނޫނުގައި ބުނެފައިވަނީ މަސްތުވާ ތަކެތި ބޭނުންކުރުމަކީ ކުށެއް ނޫން ކަމަށާއި އެއީ ޖެހޭ ބައްޔެއް ކަމަށެވެ. އެހެންކަމުން މަޖިލިސް އިންތިޚާބުގައި މިފަހަރު ވޯޓުދޭއިރު ރާއްޖޭގައި މިހާރު ހުރި އިސްލާމް ދީނާއި ޚިލާފް މި ފަދަ މައްސަލަތަކަށް ހައްލު ހޯދައިދޭން ވައުދުވާ ބައަކަށް ވޯޓު ދިނުމުގެ މުހިންމުކަން ފާހަގަކުރެވެއެވެ.