އަރަބިއްޔާ ސްކޫލުގެ ޓީޗަރުންގެ ދަތިކަން ހައްލުކުރުމަށް ވަފުދެއް މިސްރަށް ވަޑައިގެންފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 39ސ
އަރަބިއްޔާ ސްކޫލުގެ ޓީޗަރުންގެ ދަތިކަން ހައްލުކުރުމަށް ވަފުދެއް މިސްރަށް ވަޑައިގެންފި

އަރަބިއްޔާ ސްކޫލުގެ ޓީޗަރުންގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުގެ ވަފުދެއް މިސްރަށް އިއްޔެ ވަޑައިގެންފި އެވެ.

މި ވަފުދުގައި ހިމެނިވަޑައިގަންނަވަނީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ އަދި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރުއެވެ.

މި ވަފުދުގެ ބޭފުޅުން ވަނީ ދީނީ ކަންތައްތަކާ ބެހޭ މިނިސްޓަރު ޑރ. މުހައްމަދު މުހުތާރު ޖުމާ އާއި މިސްރުގެ މުފްތީ ޑރ. ޝައުކީ އިބްރާހިމް އައްލާމްއާ ބައްދަލުކުރައްވައިފަ އެވެ.

އަޒްހަރު ޔުނިވާސިޓީން، އަރަބިއްޔާ ސްކޫލަށް މި އަހަރު 22 ޓީޗަރުން ފޮނުވަން ހަމަޖައްސާފައި ވިޔަސް މިހާތަނަށް ރާއްޖެ އައީ ހަތަރު ޓީޗަރެކެވެ.

 

މިއަދު އޮންލައިން