ހ. ބްލޫ ހައުސް 6 ވަނަ ފަންގިފިލާއިން ތިރިކުރި ކުނި ކޮތަޅެއް ފަޅައިގެން ގޮސް ހިނގާފަ ދިއަ އަންހެނަކަށް އަނިޔާވެއްޖެއެވެ. ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވަނީ އިރު އޮއްސި 6.50 ހައިއިރު ކަމަށާއި ކުނި ކޮތަޅުން ޖެހުނީ 35 އަހަރުގެ އަނހެނެއްގެ ބޮލުގައި ކަމަށެވެ.
ކޮތަޅުގައި ހުރީ ބަދިގޭ ކުނި ކަމަށާއި އޭނާގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.