އަހަރަކު 17.6 ބިލިއަން ރާތަލުގެ ޕްލާސްޓިކް ކުނި މޫދަށް އުކައިލެވޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
އަހަރަކު 17.6 ބިލިއަން ރާތަލުގެ ޕްލާސްޓިކް ކުނި މޫދަށް އުކައިލެވޭ!

ފަރުތައް މަރުވެ ތިމާވެށްޓަށް މިހައި ބޮޑެތި ގެއްލުންތައް ލިބެމުންދާއިރު ކޮންމެ އަހަރަކު މޫދަށް 17.6 ބިލިއަން ރާތަލުގެ ޕްލާސްޓިކް ކުނި މޫދަށް އުކައިލެވެއެވެ. އުކައިލެވޭ ޕްލާސްޓި ތެރެއިން ރިސައިކަލް ކުރެވެނީ އެންމެ 9 އިންސައްތައެވެ.  

ދުނިޔޭގެ ދިރުން ވަނީ ފަރުތަކުގައެވެ. އުކައިލެވޭ ޕްލާސްޓިކް ކުނީގެ ސަބަބުން ކޮންމެ އަހަރަކު ފަރުތަކުން ބޮޑެތި ސަރަހައްދުތައް ދަނީ މަރުވަމުންނެވެ. ރާއްޖޭގެ ފަރުތަކަށް ވެސް ވަނީ މިފަދަ މައްސަލަތައް އިންތިހާއަށް ބޮޑުވެފައެވެ. މިކަމަށް ދިވެހި ރައްޔިތުން ހޭލުންތެރިވެއްޖެނަމަ ރާއްޖޭގެ ފަރުތަކަށް ލިބޭ ގެއްލުންތައް ކުޑަކުރެވިދާނެއެވެ.  

ރާއްޖޭގެ ރަށްތައް ކުދިވުމުގެ ސަބަބުން ރާއްޖެ ހިމާޔަތްކުރުމަށްޓަކައި ވެސް ފުރަތަމަ ކުރަން ޖެހޭ ކަމަކީ ފަރުތައް ހިމާޔަތްކުރުމެވެ. މިއަދު އެކަން ނުކޮށްފިނަމަ އެކަމުން ކުރާ ނޭދެވޭ އަސަރު ނައްތައިލުމަކީ ފަހުން ކުރެވޭނެ ކަމެއް ނޫން ކަމަށް ސައިންސްވެރިން ދަނީ ބުނަމުންނެވެ.

މިއަދު އޮންލައިން