އެކްސްޕާޓް މޮޓޯސް ގެ އޮފީހަށް ގެންދިޔަ 5 ލައްކަ 60 ހާހަށްވުރެ ގިނަ ފައިސާ، މާލެއިން ފޭރިގެންފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މިހާދިސާ ހިނގާފައިވަނީ މިރޭ 22:30 ހާއިރު ދެ ސައިކަލެއްގައި ދިޔަ ތިން މީހަކު، ފައިސާ ހިފައިގެން ދިޔަ މީހާއަށް ވަޅިން ބިރު ދައްކާފައި ކަމަށެވެ.
ވަޅިން ބިރުދައްކައިގެން ފައިސާތަކެއް ފޭރިގެންފައިވަނީ ފަތަހަ ސުންބުލި ކައިރިންނެވެ.