ޑަބްލިއު ކޮންސްޓްރަކްޝަން ފަސްލައްކަ ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ.
ޑަބްލިއު ކޮންސްޓްރަކްޝަނުން ޖޫރިމަނާ ކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުގައި އެ ކުންފުނިން މަަސައްކަތް ކުރަމުން ދިޔަ އިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި، ބަންގްލަދޭޝްގެ ރޯޝަން ޖިއާން މަރުވި ހާދިސާއާ ގުޅިގެންނެވެ.'
ކިމަކާ ގުޅިގެން މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވީ ފަސްލައްކަ ރުފިޔާއިން ޑަބްލިޔު ކޮންސްޓްރަކްޝަން ޖޫރިމައިނާ ކޮށްފައިވާކަމަށާއި ކައުންސިލްގެ ނޯޓިސްވެސް އެ ކުންފުންޏަށް ފޮނުވާފައިވާނެކަމަށެވެ.
ފަސްލައްކަ ރުފިޔާއަކީ އިމާރާތްކުރުމުގެ މަސައްކަތް ކުރާ ކުންފުނިތައް ޖޫރިމައިނާ ކުރެވޭ އެންމެ ބޮޑު އަދަދަކު ކަމަށެވެ.