ގަމު ދާއިރާއަށް އަމިއްލަގޮތުން ވާދަކުރުމަށް ފަރުހާދު ދާވޫދު އީސީ އަށް ފޯމް ހުށަހަޅައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 37ސ
ގަމު ދާއިރާއަށް އަމިއްލަގޮތުން ވާދަކުރުމަށް ފަރުހާދު ދާވޫދު އީސީ އަށް ފޯމް ހުށަހަޅައިފި

އޭޕްރީލް މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ގަމު ދާއިރާއަށް އަމިއްލަގޮތުން ވާދަކުރުމަށް ފަރުހާދު ދާވޫދު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މިއަދު ފޯމް ހުށަހަޅައިފިއެވެ.

ފައިނޭސް ދާއިރާއިން އެމްބީއޭ ހައްދަވާފައިވާ ފަރުހާދަކީ ތައުލީމީ ޒުވާނެކެވެ. މިސްރާއި މެލޭޝިއާއިން މަތީތައުލީމް ހާސިލްކުރައްވާފައިވާ ދާއިރާގެ ޒުވާނުނަނާ ގުޅޭ ދާއިރާގެ ދަރިއެކެވެ. 

ފަރުހާދު ވަޒީފާ އަދާކޮށްފައިވަނީ ކަސްޓަމްސް އާއި ހައްޖު ކޯޕަރޭޝަންގެ ބޯޑުގެ މެންބަރެއްގެ ގޮތުގައެވެ. 

މަޖިލިސް އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރުމަށް 59 ކެންޑިޑޭޓަކު ފޯމް ހުށައަޅާފައިވާއިރު މިހާތަނަށް ޕާޓީތަކުގެ ކެންޑިޑޭޓުންނާއެކު ޖުމްލަ 183 ބޭފުޅެއްގެ ފޯމް އީސީ އަށް ވަނީ ހުށައަޅާފައެވެ.

މިއަދު އޮންލައިން