ކޫރިއަރ މެދުވެރިކޮށް ނެދަލެންޑުގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 32 ގްރާމް ކޮކޭން އަތުލައިގެންފި.

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 40ސ
ކޫރިއަރ މެދުވެރިކޮށް ނެދަލެންޑުގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 32 ގްރާމް ކޮކޭން އަތުލައިގެންފި.

ކޫރިއަރ މެދުވެރިކޮށް ނެދަލެންޑުގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 32 ގްރާމް މަސްތުވާތަކެތި (ކޮކޭން) 19 ފެބުރުވަރީ 2019 ވި އަންގާރަ ދުވަހު ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން މިއަދު ބުނީ ޕާރުސަލް ކަސްޓަމްސްއިން ބަލައިފާސްކުރިއިރު، މަސްތުވާތަކެއްޗަށް ޝައްކުކުރެވޭ 32 ގްރާމުގެ ހުދު ކުލައިގެ ކުނޑިތަކެއް ފެނިފައިވާ ކަމަށެވެ. އަދި މި ތަކެތި ކަސްޓަމްސްއިން އިތުރަށް ތަހުލީލުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކޮކޭންއަށް ވަނީ ޕޮޒިޓިވް ވެފައި ކަމަށާއި މިތަކެތީގެ މަގުމަތީ އަގަކީ ނުވަދިހަ ހަހާސް ރުފިޔާ ކަމަށެވެ.

އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު މޯލްޑިވްސްޕޮލިސް ސަރވިސްއާ ޙަވާލުކުރެވިފައިވާއިރު، އެ ފަރާތުން ގެންދަނީ މި މައްސަލަ އިތުރަށް ތަޙްޤީގްކުރަމުންނެވެ.

މިއަދު އޮންލައިން