ސަން ޓްރެވަލްސް އިން ހިލްޓަން އަށް 26 މިލިއަން ޑޮލަރު ދެއްކުން ސިންގަޕޫރުގެ ކޯޓް އޮފް އެޕީލް އިން ދަމަހައްޓައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 50ސ
ސަން ޓްރެވަލްސް އިން ހިލްޓަން އަށް 26 މިލިއަން ޑޮލަރު ދެއްކުން ސިންގަޕޫރުގެ ކޯޓް އޮފް އެޕީލް އިން ދަމަހައްޓައިފި

ސަން ޓްރެވަލްސް އިން ހިލްޓަން އިންޓަނޭޝަނަލް އަށް 26 މިލިއަން ޑޮލަރު ދެއްކުމަށް ސިންގަޕޫރުގެ އާބިޓްރޭޝަން ކޯޓުން ކުރި އަމުރު ސިންގަޕޫރުގެ ކޯޓް އޮފް އެޕީލް އިން ދަމަހައްޓައިފިއެވެ. 

ސަން ޓްރެވަލްސް އިން ނ. އިރުފުށި ރިސޯޓު ހިންގައި މެނޭޖްކުރުމަށް ހިލްޓަނަށް ދިން އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން އެއްބަސްވުން އުވާލި މައްސަލާގައި ސިންގަޕޫރުގެ އާބިޓްރޭޝަން ކޯޓުން ނިންމާފައިވަނީ ސަން ޓްރެވަލްސް އިން ހިލްޓަނަށް 26 މިލިއަން ޑޮލަރު ދެއްކުމަށެވެ. މިމައްސަލައިގައި ސަން ޓްރެވަލްސް އިން އެގައުމުގެ ކޯޓް އޮފް އެޕީލްސް އަށް ދިއުމުން އެ ކޯޓުން ވެސް ނިންމީ އާބިޓްރޭޝަން އެވޯޑް ސައްހަ ކަމަށެވެ.

ހިލްޓަނަށް އިން ނ. އިރުފުށި ރިސޯޓު ހިންގައި މެނޭޖްކުރުމަށް ދިން އެއްބަސްވުން ސަން ޓްރެވަލްސް އިން ބާތިލްކޮށްފައި ވަނީ 2013 ވަނަ އަހަރެވެ.

 

 

މިއަދު އޮންލައިން