އަންނަ މަހުން ފެށިގެން އޭޑީކޭ އިން ދޭ ބައެއް ޚިދުމަތްތަކުގެ އަގު ބޮޑުކުރަނީ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 43ސ
އަންނަ މަހުން ފެށިގެން އޭޑީކޭ އިން ދޭ ބައެއް ޚިދުމަތްތަކުގެ އަގު ބޮޑުކުރަނީ!

އަންނަ މަހުން ފެށިގެން އޭޑީކޭ އިން ދޭ ބައެއް ހިދުމަތްތަކުގެ އަގު ބޮޑުކުރަން އެ ހޮސްޕިޓަލުން ނިންމައިފިއެވެ.

އޭޑީކޭއިން ހިދުމަތްތަކުގެ އަގަށް ގެނައި ބަދަލާއެކު އާންމު ކޮންސަލްޓޭޝަން ފީ 300 ރުފިޔާ އަށް އަދި ސުޕަ ސްޕެޝަލިސްޓުންނަށް ދައްކަން ޖެހޭ ފީ ވަނީ 500ރ. އަށް ބޮޑުކޮށްފައެވެ. އާސަންދައިން ދޭ ކަވަރޭޖާއެކު މިހާރު ޑޮކްޓަރަށް ދައްކަން ހޭދަކުރަން ޖެހޭނީ 100 ރުފިޔާ ގެ ބަދަލުގައި 200 ރުފިޔާއެވެ އަދި ސުޕަ ސްޕެޝަލިސްޓަކަށް ދައްކަން 300 ރުފިޔާ ހޭދަ ކުރަން ޖެހޭނެއެވެ.

އަގަށް ބަދަލު ނުގެންނަ ހިދުމަތްތަކުގެތެރޭގައި އެމްއާރްއައިގެ ހިދުމަތާއި ލެބޯޓްރީން ހަދަންޖެހޭ ސްކޭންތަކާއި ލޭ ޓެސްޓުތައް ހިމެނެއެވެ.

އޭޑީކޭ އިން ބުނެފައިވަނީ އަގުތަކަށް ބަދަލު ގެންނަނީ ހޮސްޕިޓަލް ހިންގުމުގެ ހަރަދު މިދިޔަ 10 އަހަރު ތެރޭގައި ބޮޑުވެފައި ވާތީ ކަމަށެވެ.

 

މިއަދު އޮންލައިން