އޭޕްރީލް މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަމިއްލަގޮތުން ގަލޮޅުދެކުނު ދާއިރާއަށް ވާދަކުރައްވާ އަހްމަދު ޢާޡިމް (ނާއްޕެ) ގެ ގަލޮޅު އުއްމީދީ ޖަގަހަ ހުޅުވައިފިއެވެ.
"ދާއިރާގެ ވިންދު އިނގޭ ގަލޮޅުގެ ދަރިއެއް" މި ޝިއާރުގެ ދަޝުން ކެންޕެއިން ކުރަމުންގެންދަވާ އަހްމަދު ޢާޡިމް ވިދާޅުވީ ގަލޮޅުދެކުނު ދާއިރާއަށް ވާދަކުރުމަށް ނިންމެވީ އެދާއިރާގެ ގިނައަދަދެއްގެ އިސްރަށްވެހިންނާއި ޒުވާނުންގެ އެދުމުގެ މަތިން ކަމަށެވެ.
މައުލޫމާތުލިބިފައިވާ ގޮތުގައި އަހްމަދު ޢާޡިމްގެ އާއިލާ އަކީވެސް ގަލޮޅަށް ވަރަށްގިނަގަ ހިދުމަތްތަކެއް ކޮށްދެއްވަފައިވާ އާއިލާއެކެވެ.