އަނދުން ހުސެއިންގެ ހަރަދުގައި ބެންގަލޫރްގެ ގާރޑެން ސިޓީ ކޮލެޖުން ކިޔަވައިދޭ ކުދިން ފުރައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 40ސ
އަނދުން ހުސެއިންގެ ހަރަދުގައި ބެންގަލޫރްގެ ގާރޑެން ސިޓީ ކޮލެޖުން ކިޔަވައިދޭ ކުދިން ފުރައިފި

އޭޕްރީލް މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި  ހެންވޭރު ދެކުނު ދާއިރާއަށް ކުރިމަތިލައްވާފައިވާ އެމްޑީޕީގެ ކެންޑިޑޭޓް ހުސައިން ޝަހީމް (އަނދުން ހުސެއިން) ގެ ހަރަދުގައި ބެންގަލޫރްގެ ގާރޑެން ސިޓީ ކޮލެޖުން ކިޔެވުމުގެ ފުރުސަތު ދީފައިވާ ކުދިން މިއަދު ފުރައިފިއެވެ.

މިކަމާގުޅިގެން އަނދުން ހުސެއިން ވިދާޅުވީ، އާއްމުކޮށް އިއުލާން ކޮށްގެން ހެންވޭރު ދެކުނު ދާއިރާއަށް ހުޅުވައިލި މިފުރުސަތުގައި މިކަމަށް ޝައުގުވެރިކަން ފާޅުކޮށް 15 ދަރިވަރުން ކުރިމަތިލި ކަމަށާއި އެހެންނަމަވެސް މިއަހަރު ފަސް ކުދިންނަށް މިފުރުސަތު ދޭން ހަމަޖެހިފައިވާއިރު އަންނަ އަހަރު 10 ކުދިންނަށް މިފުރުސަތު ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އަނދުން ހުސެއިން ވިދާޅުވީ ކިޔެވުމުގެ ފުރުސަތު ދިނުމުގައި އެންމެ ބޮޑަށް އިސްކަން ދީފައި ވަނީ ތަނަވަސްކަން ކުޑަ އާއިލާތަކަށް ކަމަށެވެ.

 

މިއަދު އޮންލައިން