މަޖަލަކަށް ނަމަވެސް އަމިއްލަ ނަފްސަށް ގެއްލުން ދިނުމަކީ ކަނޑައެޅިގެން ޙަރާމް ކަމެކެއް: ޝައިޚް ޢަލީ ޒައިދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 38ސ
މަޖަލަކަށް ނަމަވެސް އަމިއްލަ ނަފްސަށް ގެއްލުން ދިނުމަކީ ކަނޑައެޅިގެން ޙަރާމް ކަމެކެއް: ޝައިޚް ޢަލީ ޒައިދު

"މަޖަލަކަށް ނަމަވެސް އަމިއްލަ ނަފްސަށް ގެއްލުން ދިނުމަކީ ކަނޑައެޅިގެން ޙަރާމް ކަމެކެވެ. "ގެއްލުން ލިބިގަތުމެއްވެސް އަދި ގެއްލުން ދިނުމެއްވެސް ނެތް" ކަމަށް ޙަދިޘްފުޅުގައި އެބައއޮތެވެ."

ޝައިޚް ޢަލީ ޒައިދު މިފަދަ ބަސްފުޅެއް ވިދާޅުވެފައިމިވަނީ މަޖަލަކަށް އިއްޔެ ދެ މީހަކު ބްރިޖުން ކަނޑަށް ފުންމައިލުމުން އެތަނުން އެކަކަށް އަމިއްލައަށް ސަލާމަތް ނުވެވި އަނިޔާތަކެއް ލިބުމާއި ގުޅިގެން ކަމަށް ބެލެވެއެވެ.

ޝައިޚް ޢަލީ ޒައިދުގެ މި ބަސްފުޅުން އެނގެނީ މަޖަލަކަށް ހަދައިގެން ނަމަވެސް އަމިއްލަ ނަފްސް ނުރައްކަލުގެ ތެރެއަށް ވެއްޓިދާނެ އެއްވެސް ކަމެއް ކުރުމަކީ އިސްލާމް ދީނުގައި ކަނޑައެޅިގެން ޙަރާމްކަމެއްކަމެވެ. އެހެން ކަމުން އެފަދަ އެއްވެސް ކަމެއް އެއްވެސް މީހަކު ކޮށްގެން ނުވާނެ ކަމެވެ.

މިއަދު އޮންލައިން