ފޮޓޯގައި އެވާ މަހަކީ އަމިއްލަ ޖަމާއަތަކުން ހަދައި އެންމެ ގިނަ މީހުން އެއްވެ އުޅޭ ގޮނޑުދޮށްތަކުގައި ބަހައްޓަމުން ގެންދާ އެއްޗެކެވެ. އެޖަމާއަތުން އިލްތިމާސްކުރަނީ "މޫދުގައި އުޅޭ މަސްތައް ހިމާޔަތްކުރަން ބޭނުންނަމަ މިމަހަށް ކާންދޭށެވެ!" މިމަހަށް ކާން ދިނުމަކީ ޕްލާސްޓިކް ފުޅި އާއި އެނޫންވެސް އެފަދަ ތަކެތި ގޮނޑުދޮށަށް އެއްލާނުލައި މިމަހުގެ ތެރެއަށް އެޅުމެވެ.

މިފަދަ ކެންޕޭނެއް ފަށާފައި މިވަނީ ކަނޑުތަކާއި މޫދުގައި ދިރިއުޅޭ މަހަށްވުރެ ކޮންމެ ދުވަހަކު އުކާލެވޭ ޕްލާސްޓިކް ކުނީގެ އަދަދު ގިނަވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ބެލެވެމުން އަންނަ ވަގުތެއްގައެވެ.

ދިރާސާކުރާ ފަރާތްތަކުން ބުނަނީ މޫދަށް ޕްލާސްޓިކް ކުނި އުކުން ނުހުއްޓައިފިނަމަ ބެލެވޭ ގޮތުން 2050 ވަނަ އަހަރު އަންނައިރު ނުވަތަ މީގެ 30 އަހަރުފަހުން ކޮންމެ ދުވަހަކު މޫދަށް އުލައިލެވޭ ޕްލާސްޓިކް ކުނީގެ އަދަދު މޫދުގައި އުޅޭ މަހަށްވުރެ ގިނަވެދާނެ ކަމަށް ޤަބޫލުކުރެވޭ ކަމަށެވެ.