ކޮމްޕިޔުޓަރު އުފެއްދީ ކާކު؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
ކޮމްޕިޔުޓަރު އުފެއްދީ ކާކު؟


ކޮމްޕިޔުޓަރު އުފެއްދީ ކާކުކަމާއިމެދު ލިޔެވިފައިވާ ލިޔުން ތަކުން ކޮމްޕިޔުޓަރަކީ އެމެރިކާ ސަރުކާރުން އުފެއްދި އެއްޗެއްކަން އެނގޭކަށް ނެތެވެ. ނަމަވެސް އެކަމުގެ ޙަޤީޤަތް ނުއެނގި ތިބެ ދުނިޔޭގައި މޮޅަށް ކުރެވޭ ކޮންމެ ކަމަކީ އެމރިކާ ސަރުކާރުގެ އުފެއްދުމެއް ކަމަށް ދައްކަން ބައެއް މީހުންނަށް އެބަ ވަކާލާތު ކުރެވެއެވެ.



ތަރައްޤީވެފައިވާ ކޮންމެ ޤައުމެއްގެ އަމިއްލަ ކުންފުނިތަކުން ވެސް ތަކެތި އުފައްދައެވެ. އެގޮތުން އުފައްދާ ކޮންމެ އުފެއްދުމަކީ އެ ޤައުމެއްގެ ސަރުކާރުން އުފައްދާ އުފެއްދުމެއްކަމަކަށް ނުބެލެވޭނެއެވެ. އެހެންކަމުން ޤައުމުގެ ސަރުކާރުން އަމަލުކުރާ އިސްލާމް ދީނާއި ދެކޮޅު ސިޔާސަތުތަކާއި އެ ޤައުމެއްގައި އަމިއްލަ ކުންފުނިތަކުން އުފައްދާ އުފެއްދުންތަކާއި ގުޅުވާ ހިސާބަށް އަޅުގަނޑުމެންގެ ވިސްނުން ހިނގައްޖެނަމަ އެކަމުން އަންގައިދެނީ އިސްލާމް ދީނަށް ގެއްލުން ދިނުމުގައި އެމީހެއްގެ ވިސްނުން ހައްދުފަހަނައަޅާފައިވާ މިންވަރެވެ.



ހަޤީޤީ ހައްދުފަހަނައަޅައި ދިއުމަކީ އެއީއެވެ. ޤައުމީ ކައުންޓަރ ޓެރަރިޒަމް ސެންޓަރުން ހޯދައި ފިޔަވަޅުއަޅަން ޖެހޭ ބައަކީ އެއީއެވެ! އެމެރިކާއިން އިސްލާމް ދީން ނެތިކޮށްލުމަށް ހިންގާ ކަންކަމުގެ ވާހަކަ ލިޔުމުން އެމެރިކާއިން އުފެއްދި ކޮމްޕިޔުޓަރު ބޭނުން ނުކުރަން ބުނާއިރު އެމެރިކާގައި އުފެއްދި އެއްވެސް ކޮމްޕިޔުޓަރެއް މިއަދުނޫހުގައި ދުވަހަކުވެސް ބޭނުންކޮށްފައެއް ނުވެއެވެ. އަދި އެމެރިކާގެ ނަން ޖަހައިގެން ވިއްކާ ގިނަ ކޮމްޕިޔުޓަރުތަކަކީ ޗައިނާ، ދެކުނު ކޮރެއާ ފަދަ ޤައުމުތަކުގައި އުފައްދާ ކޮމްޕިޔުޓަރުތައްކަންވެސް ފާހަގަކުރެވެއެވެ.



ކޮމްޕިޔުޓަރު އުފެއްދީ ކާކު ކަން އެނގޭނެ ލިޔުމެއް!

https://science.howstuffworks.com/innovation/inventions/who-invented-the-computer.htm?fbclid=IwAR0K3ihjBVedMbfTA1GkV9Ck2wV92Zh33PeXxH1ozSQiZUnb7oyYGHnJRuY


https://science.howstuffworks.com/innovation/inventions/who-invented-the-computer.htm

މިއަދު އޮންލައިން