ރަމަޟާން މަސް ދާދި ކައިރިވެއްޖެ! އަވަހަށް ތައުބާވެ އެމަހުގައި ހެޔޮ އަމަލުތައް ގިނަ ކުރަން ތައްޔާރުވާން މަސައްކަތް ފަށާ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 42ސ
ރަމަޟާން މަސް ދާދި ކައިރިވެއްޖެ! އަވަހަށް ތައުބާވެ އެމަހުގައި ހެޔޮ އަމަލުތައް ގިނަ ކުރަން ތައްޔާރުވާން މަސައްކަތް ފަށާ!: މުފްތީ މެންކް

މިއަހަރުގެ ރަމަޟާން މަސް ދާދި ކައިރިވެއްޖެއެވެ. ތައުބާވުން އަވަސްކުރާށެވެ! ތައުބާވުމަކީ ހަމައެކަނި ނުބައިކޮށް އުޅޭ ބައަކު ކުރަންޖެހޭ ކަމެއް ނޫނެވެ. ރަނގަޅު ގޮތުގައި އުޅޭ މީހުން ވެސް ގިނަގިނައިން ތައުބާވުމަކީ ކުރަންޖެހޭ ކަމެކެވެ. 

އެމަހުގައި (ރަމަޟާން މަހު) ހެޔޮ އަމަލުތައް ގިނަ ކުރަން ތައްޔާރުވާން އަވަހަށް މަސައްކަތް ފަށާށެވެ. އެހެނީ ރަމަޟާން މަސް ނިމިގެންދާއިރު އެމީހެއްގެ ފާފަތައް ނުފުއްސަވައިފި މީހާއަކީ ގެއްލެނިވެގެންވާ މީހެކެވެ. އެފަދަ މީހާއަށްވުރެ ބޮޑު އަބާއްޖަވެރިއަކު ނުހުންނާނެއެވެ! 

ރަމަޟާން މަސް އަންއިރު ގޭތެރޭގެ ފަރުނީޗަރު ބަދަލުނުކޮށްގެން، ހިފައިގެންގުޅޭ ސާމާނުތައް އައުނުކޮށްގެން ލިބޭނެ އެއްވެސް ގެއްލުމެއް ނުއޮންނާނެއެވެ. ނަމަވެސް އެމީހަކަށް ތައުބާ ނުވެވި ހެޔޮ އަމަލުތައް ނުކުރެވިއްޖެނަމަ އެމީހަކީ އަބާއްޖަވެރިއެކެވެ. ގެއްލެނިވެގެންވާ މީހެކެވެ. 

ރަމަޟާން މަހުގެ ބަރަކާތް ފުރިހަމަ ގޮތުގައި ހާޞިލުކުރުމަކީ ރޯދަ ހިފަން ފެށުމަށްފަހު އެކަމަށް މަސައްކަތް ފަށައިގެން ޙާޞިލުކުރެވޭނެ ކަމެއް ނޫނެވެ. އެކަމަށް ކުރިއާލައި ތައްޔާރުވެގެން ނޫނީ ކުރެވޭނެ ކަމެއް ނޫނެވެ. ރަޖަބް މަހާއިއެކު ހެޔޮކަމުގެ މޫސުން ފެށުނީއެވެ. ވީމާ ރަޖަބު މަހުން ފެށިގެން ރަމަޟާން މަހަށް ތައްޔާރުވުމުގެ މަސައްކަތްތައް އިތުރުކޮށް ވަރުގަދަކުރަން ޖެހެއެވެ. 

ރަމަޟާން މަހަށް ފެށުމުން ރޯދަ ހިފަން ފަށާ މީހާއަށް ރޯދަ ހިފުމުގައި ތަކްލީފްތަކެއް ހުރެދާނެއެވެ. ނަމަވެސް ރަޖަބް މަހުން ފެށިގެން ނަމަވެސް ސުންނަތް ރޯދަ ހިފުން އިތުރުކޮށްފި މީހަކަށް މިފަދަ ތަކްލީފްތަކާއި ކުރިމަތިލާކަށް ނުޖެހޭނެއެވެ. ހަށިގަނޑު ހުންނާނީ ރޯދަ ހިފަން ހޭނިފައެވެ. 

ރަމަޟާން މަހު އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭ އެއްކަމަކީ ވީހައި ގިނައިން ކީރިތި ޤްރްއާން ކިޔެވުމެވެ. ރަމަޟާން މަހު ކީރިތި ޤްރްއާން ކިޔެވުން ގިނަކުރަން ޖެހޭއިރު އެކަން އެންމެ ރަނގަޅު ގޮތުގައި ކުރެވޭނީ ކީރިތި ޤްރްއާން ކިޔަވަން ފަރިތަކޮށްގެންނެވެ. އެހެންކަމުން ދުރާލައި އެކަމަށް ފަރިތަކުރަން ޖެހޭނެއެވެ! ރަމަޟާން މަހު ވީހައި ގިނަ ޚަތިމްކުރަން މަސައްކަތް ކުރަން ޖެހޭއިރު އެކަން ކުރެވޭނީ ފަރިތަކޮށް ކިޔެވިގެންނެވެ. ފަރިތަކޮށް ކިޔެވޭނީ އެކަމަށް ދުރާލައި ފަރިތަކޮށްގެންނެވެ. 

- މުފްތީ މެންކުގެ ދަރުސަކުން 

 

މިއަދު އޮންލައިން