ރޭގަނޑުގެ ތިންބައިން ފަހުބައި ބަލާނީ ކިހިނެއް؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ރޭގަނޑުގެ ތިންބައިން ފަހުބައި ބަލާނީ ކިހިނެއް؟

ރޭގަނޑުގެ ތިންބައިން ފަހުބައި ބަލާނީ ކިހިނެއް ކަމާއިމެދު ބައެއް މީހުން ސުވާލު އުފައްދައެވެ. މިއީ މިވެނި ގަޑިއަކުން މިވެނި ގަޑިއަކަށް ކަމަށް ސީދާ ބުނުމަކީ ފަސޭހަ ކަމެއް ނޫނެވެ. ސަބަބަކީ އިރުއޮއްސި ރޭގަނޑަށް ފެށޭވަގުތު ތަފާތު ވަމުން އަންނާތީއެވެ. 

ރޭގަނޑަކީ ޢާންމުގޮތެއްގައި 12 ގަޑިއިރު ކަމަށްވެފައިވާ ރާއްޖެ ފަދަ ޤައުމުތަކުގައި މިކަން ބަލާނަމަ އިރުއޮއްސުނު ވަގުތުން ފެށިގެން ރޭގަނޑު 3 ބައަށް ބަހައިލާށެވެ. އެތަނުން ފަހުބައަށް ފެށުމުން އެއޮތީ ރޭގަނޑުގެ 3 ވަނަ ބައަށް ފެށިފައެވެ. މިސާލަކަށް 6 ޖެހިއިރު އިރު އޮއްސިއްޖެނަމަ 3 ވަނަ ބައި ފެށޭނީ 2 ޖަހާއިރުއެވެ. 6.30 ގައި އިރުއޮއްސިއްޖެނަމަ 3 ވަނަ ބައި ފެށޭނީ 2.30 ގައެވެ. 

އެހެންކަމުން އެވްރެޖް ގޮތަކަށް ބަލައިފިނަމަ ދަންވަރު 2 ޖެހުމުން އެއޮތީ 3 ވަނަ ބައަށް ފެށިފައެވެ. ނަމަވެސް ސީދާ ބަލާނަމަ ޖެހޭނީ އިރު އޮއްސުނު ވަގުތުން ފެށިގެން 8 ގަޑިއިރު ކަނޑާލައި 9 ވަނަ ގަޑި ފެށޭ ވަގުތު ބަލާށެވެ. 

ބައެއް ޤައުމުތަކުގައި އަދި ރާއްޖޭގެ ވެސް ބައެއް މިސްކިތްތަކުގައި ރަމަޟާން މަހު މެންދަމު 1 ޖަހާއިރު ދަމު ނަމާދު ފަށައެވެ. ނިމޭނީ 3.00 ހައި އިރުއެވެ. އެއިރުން ދަމުނަމާދު އެ ނިމެނީ ރޭގަނޑުގެ 3 ވަނަ ބައިގައެވެ. އެ ގޮތަށް ކަންތައް ކުރަނީ ހާރުކައިގެން ފަތިސް ނަމާދަށް ދިއުމަށް ފުރުޞަތު އިތުރުކުރުމަށެވެ.  

މައުލޫމާތު: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

މިއަދު އޮންލައިން