ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މާދަމާ ފެށުމަށް ނިންމައިއެވެ.
މާދަމާގެ ޖަލްސާގެ އެޖެންޑާގައި ގިނަ ކަންތައްތަކެއް ވަނީ ހިމަނައިފައެވެ. އޭގެ ތެރޭގައި ފާހަގަ ކޮށްލެވެނީ ދައުލަތުގެ ފައިސާއާއި މުދަލަށް ހިޔާނާތްތެރިވުމުގެ މައްސަލަތަކާއި ގޮތްނޭނގޭ މަރުގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަންތަކަށް ބާރުދޭ ބިލު، މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓް ފާސްކުރުމާމެދު ގޮތެއް ނިންމުމަށް ހިމެނެއެވެ.
މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަކީ މިއަހަރު ބާއްވާ ފުރަތަމަ ދައުރުގެ ދެ ވަނަ ޖަލްސާއެވެ.