"ދަށް މީހާ ކުށެއް ކުރީމާ އޭނާއަށް އަދަބު ދީފަ، "އިއްޒަތްތެރި މީހާ" ކުށްކުރުމުން، އެކަމާއިމެދު ފިޔަވަޅު ނުއަޅައި ދޫކޮށްލުމަކީ އިސްލާމީ މުޖުތަމައުއަކަށް އެކަށީގެންވާ ކަމެއް ނޫނެވެ! ކުށުގެ ކުރިމަތީގަ އެންމެންވެސް ވާނީ ހަމަހަމައެވެ. ދޮނެއް ކަޅެއް، މާލެއެއް ރާއްޖެތެރެއެއް ނުއޮނަނާނެއެވެ!"
މިއީ ޝައިޚް ޢަލީ ޒައިދު ވިދާޅުވެފައިވާ ބަސްފުޅެކެވެ.
ދީނީ ޢިލްމްވެރިން މިމޭރުމުން ވިދާޅުވާއިރު މިމޭރުމުން ޕޯޑިއަމްތަކުގައި އެންމެ ގިނައިން ވާހަކަފުޅު ދައްކަވާފައިވަނީ ރައީސް ޔާމީން އެވެ. "އަޅުގަނޑު ކަމު ނުގޮސްގެން އުޅެނީ މަތީފެންވަރުގެ ބޭފުޅުން ކުށް ކުރެއްވީމާ އަދަބު ދޭތީ. ޝަރީއަތުން ކުރާ ޙުކުމް ތަންފީޒް ކުރާތީ. ނަމަވެސް އަޅުގަނޑު އެކަން ކުރާނަން. ކުށް ކުރީމާ އަދަބު ދޭނަން! ފަނޑިޔާރުން ކުރާ ޙުކުމް ތަންފީޒްކުރާނަން! އެކަމަށް އަޅުގަނޑު އެއްވެސް ވަރަކަށް ފަހެއް ނުޖެހޭނަން!" ކަމަށް ރައީސް ޔާމީން ވަނީ ވަރަށް ގިނައިން ވިދާޅުވެފައެވެ.

https://twitter.com/alizaid1000/status/1099668598476353537