ﷲ އަށްޓަކައި ކުރާ އެއްވެސް ކަމެއް ގެއްލި ނުދާނެ!- އަމިއްލަ އެދުމަށް ކުރާ ކަންކަމާއިމެދު ހިތާމަކުރަން ޖެހިދާނެ: ޝައިޚް ޢަލީ ޒާހިރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 54ސ
ﷲ އަށްޓަކައި ކުރާ އެއްވެސް ކަމެއް ގެއްލި ނުދާނެ!- އަމިއްލަ އެދުމަށް ކުރާ ކަންކަމާއިމެދު ހިތާމަކުރަން ޖެހިދާނެ: ޝައިޚް ޢަލީ ޒާހިރު

"ހެޔޮ ނިޔަތަކާއިއެކު ކަންކަން ކުރަން އާދަކުރާށެވެ! ﷲ އަށްޓަކައި ކުރާ އެއްވެސް ކަމެއް ގެއްލި ނުދާނެއެވެ. އަމިއްލަ އެދުމަށް ކުރާ ކަންކަމާއިމެދު ހިތާމަކުރަން ޖެހިދާނެއެވެ." މިއީ ފަޟީލަތުއްޝައިޚް ޢަލީ ޒާހިރް ބިން ސަޢީދު ޤާސިމް ވިދާޅުވެފައިވާ ނަޞޭޙަތުގެ ބަސްފުޅެކެވެ.

ޝައިޚްގެ ބަސްފުޅުން އެނގިގެންދަނީ ކުރާ ކޮންމެ ކަމެއްވެސް ހެޔޮ ނިޔަތުގައި ކުރުމުގެ މުހިންމުކަމެވެ. މިބަހުގެ މާނަ ބައެއް ފަހަރު އޮޅުވައިލައެވެ. މިބަސްފުޅުގެ މާނައިގައި ﷲ ތަޢާލާ ނަހީ ކުރެއްވެވި ކަންކަން ނުހިމެނޭނެއެވެ. ސަބަބަކީ އެކަންކަމަކީ މުސްލިމުންނަށް ހުއްދަ ކަންކަމަށް ނުވުމެވެ. ވީމާ ކޮންމެ ނިޔަތެއްގައި ކުރި ނަމަވެސް ނުބައި ކަމެއް ކޮށްފި ނަމަ ޤިޔާމަތް ދުވަހު އެކަމަކާއި ކުރިމަތިލާން ޖެހޭނެއެވެ.

ޝައިޚް ވިދާޅުވެފައި އެވަނީ ﷲ އަށްޓަކައި ކުރާ އެއްވެސް ކަމެއް އެމީހަކަށް ގެއްލި ނުދާނެ ކަމަށާއި އެކަމަކުން އެމީހަކަށް ފައިދާ ކުރާނެ ކަމެވެ. އެއީ އަމިއްލަ ދިރިއުޅުމުގެ ކަމެއް ނަމަވެސް ﷲ ތަޢާލާ އެންގެވި ގޮތުގައި ކުރުމުން އެކަމުގެ މަންފާ އެމީހަކަށް ކުރާނެކަމެވެ. އަދި އަމިއްލަ އެދުމަށް ކުރާ ކަންކަމާއިމެދު ހިތާމަކުރަން ޖެހިދާނެ ކަމަށެވެ.

މިއަދު އޮންލައިން