ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ޢަބްދުﷲ މަޞީޙަކީ ޤާނޫނާ އެއްގޮތަށް މަޖިލީހުގެ ރައީސްކަން ކުރެއްވި ބޭފުޅެއް ކަމަށާއި ޤާނޫނާއި އެއްގޮތަށް މަޖިލީހުގެ ރައީސްކަން ކުރައްވާ ބޭފުޅުން މަޤާމުން އިސްތިއުފާ ދެއްވުމުން މުސާރަ އާއި އިނާޔަތް ދޭން ޖެހޭނެކަމަށް މަޖިލީހުގެ ނައިބް ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މޫސާ މަނިކު ވިދާޅުވީ މަޖިލީހުގެ ރައީސްކަމުން މަސީޙް އިސް ތިއްފާ ދެއްވީވެސް އަމިއްލަފުޅަށް ކަމަށެވެ. އެހެންކަމުން އެފަދަ އިއްޒަތްތެރިންނަށް މުށާރައާއި ސަލާމަތާއި ރައްކައުތެރިކަން ދޭންޖެހޭނެ ކަމަށެވެ.
މަޞީޙް އިސްތިއުފާ ދެއްވީ އަމިއްލަފުޅަށް ކަމަށް މޫސާ މަނިކު މިމޭރުމުން ވިދާޅުވިއިރު މަޞީޙް އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވެ އިސްތިއުފާ ނުދެއްވައި އިތުރުފުޅު ހައްދަވާކަމަށް ވިދާޅުވެ މޫސާ މަނިކު ވަނީ އެތައް ފަހަރަކު ކަންބޮޑުވުން ފައުޅުކުރައްވައިފައެވެ. މަސީޙް އިސްތިއުފާ ދެއްވީ އިސްތިއުފާ އިސްތިއުފާ ނުދެއްވައިގެން އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައި އެޖެންޑާވެސް ކުރިފަހުންނެވެ.