މާލޭގައި ހަދަމުންދިޔަ އިމާރާތަކުން ލަކުަދިބުރިއެއް ވެއްޓުމުން، އެއިމާރާތުގައި މަސައްކަތް ކުރަން ތިބި ބިދޭސީން ފިލައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރާނބާ ރެސްޓޯރަންޓު ކައިރީ ހަދަމުން ދިޔަ އިމާރާތަކުން ލަކުޑި ފަތިގަނޑެއް އެވަގުތު އެތަނުން ދިޔަ މީހެއްގެ ކުރިމައްޗަށް ވެއްޓުނު ކަމަށެވެ.
މިހާދިސާ ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ މިއަދު މެންދުރު 12:37 ހާއިރު ކަމަށާއި ހާދިސާގެ ރިޕޯޓު ލިބުމާއެކީ ފުލުހުން އެސަރަޙައްދަށް ދިޔައިރު އެއިމާރާތުގައި މަސައްކަތް ކުރަން ތިބި ބިދޭސީން ފިލި ކަމަށެވެ.
ފުލުހުންގެ އޮފިޝަލު ވިދާޅުވީ، އެކޮންސްޓްރަކްޝަން ސައިޓުގެ މައުލޫމާތު ހައުސިން މިނިސްޓްރީ އަށާއި ސިޓީ ކައުންސިލް އަށް ހިއްސާ ކުރުމުން، ކޮންސްޓްރަކްޝަން ސައިޓަށް އެބޭފުލުން ހާޒިރުވި ކަމަށެެވެ. އަދި އިމިގްރޭޝަނަށް ވެސް މިމައުލޫމާތު ހިއްސާ ކޮށްފައިވާނެ ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.