މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު އިތުރު ކުރުމަކީ ސްޕްރީމް ކޯޓަށް އަމްދުން ކުރެވޭނެ ކަމެއް ނޫން: ރައީސް ނަޝީދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު އިތުރު ކުރުމަކީ ސްޕްރީމް ކޯޓަށް އަމްދުން ކުރެވޭނެ ކަމެއް ނޫން: ރައީސް ނަޝީދު

19 ވަނަ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު އިތުރު ކުރުމަކީ ސްޕްރީމް ކޯޓަށް އަމްދުން ކުރެވޭނެ ކަމެއް ނޫން ކަމަށް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ކޯޓުތަކުގެ އަގު ވެއްޓި، އިތުބާރު ގެއްލިގެންދާ އެންމެ ބޮޑު އެއް ސަބަބަކީ އިންތިޚާބުތަކަށް ނުފޫޒު ފޯރުވާކަމުން ކަމަށެވެ.  

ސްޕްރީމް ކޯޓުން މިއަދު ކުރި އަމުރުގައި ބުނެފައިވަނީ ސިޔާސީ ޕާޓީއެއްގެ ޕްރައިމަރީގައި ވާދަކޮށް ފެއިލްވެފައިވީނަމަވެސް އިންތިޚާބުގައި ވާދަކުރެވޭނެ ކަމަށާއި 19 ވަނަ މަޖިލިސް އިންތިޚާބުގައި ކުރިމަތިލުމަށް ޕާޓީއެއްގެ ޕަރައިމަރީގައި ވާދަކޮށް ފެއިލްވެފައިވީނަމަވެސް އަންނަ މާރިޗް މަހުގެ 4 ވަނަ ދުވަހުގެ 16.00 ގެ ކުރިން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިނަމަ އެކަން ބަލައިގަނެ ޤާނޫނުގައިވާ ގޮތުގެ މަތިން އަމަލުކުރަން އިލެކްޝަންސް ކޮމިޝަނަށް ޖެހޭނެ ކަމަށެވެ.

އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު މިހާރު ބަނދުވެފައިވުމާއިއެކު ރައީސް ނަޝީދު ސިފަކުރައްވާފައި އެވަނީ ސްޕްރީމް ކޯޓުގެ އަމުރަކީ ބައިވެރިވުމުގެ މުއްދަތު އިތުރުކުރަން ކޮށްފައިވާ އަމުރެއް ކަމަށާއި އެއީ ނުކުރެވޭނެ އަމުރެއް ކަމަށެވެ. 

ރައީސް ނަޝީދު މި މައްސަލަ ފާހަގަ ކުރައްވާފައި މިވަނީ ސިޔާސީ ޕާޓީތަކުގެ ޤާނޫނަކީ ކުރިންސުރެ އަމަލުކުރަމުން އަންނަ ޤާނޫނަކަށްވާއިރު އެޤާނޫނުން މާއްދާއެއް ފަހުން އުނިކޮށް މުއްދަތު އިތުރުކުރަންޖެހޭ ގޮތަށް ސްޕްރީމް ކޯޓުގެ އަމުރުގައި އޮތުމުން ކަމަށް ބެލެވެއެވެ. 

ސްޕްރީމް ކޯޓުގެ އަމުރު:

http://www.supremecourt.gov.mv/uploads/3/sc-ninmunthah/hukum/2019-sc-c-0506.pdf

މިއަދު އޮންލައިން