ސޯޝަލް މީޑިއާއަކީ ދީނީ ހޭލުންތެރިކަން އިތުރުކުރުވައި މީހުން ނަރަކައިން ސަލާމަތްކުރަން މަސައްކަތްކޮށްގެން ސަވާބު ހޯދާ "މެޝިނަކަށް" ހެދިދާނެ ސަބަބު މިއޮތީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ
ސޯޝަލް މީޑިއާއަކީ ދީނީ ހޭލުންތެރިކަން އިތުރުކުރުވައި މީހުން ނަރަކައިން ސަލާމަތްކުރަން މަސައްކަތްކޮށްގެން ސަވާބު ހޯދާ "މެޝިނަކަށް" ހެދިދާނެ ސަބަބު މިއޮތީ!

ސޯޝަލް މީޑިއާ ކުށްވެރިކުރުމެއް ނެތެވެ. ސޯޝަލް މީޑިއާއަކީ ސަވާބު ހޯދަން ބޭނުންކުރާ މެޝިނަކަށް ހެދެން އޮތުމުންނެވެ. ކަމު ނުގޮސްގެން މިއުޅެނީ ސޯޝަލް މީޑިއާ ބޭނުންކުރެވޭ ގޮތެވެ. ތިމާއަށް ވެސް އަދި އެހެން މީހުންނަށްވެސް ހަޤީޤީ އެއްވެސް ފައިދާއެއް ނުކުރާނެ ގޮތުގައި ސޯޝަލް މީޑިއާ ބޭނުންކުރެވޭތީއެވެ. އަދި ކުރެވޭ ބައެއް ކަންކަމުގެ ސަބަބުން ފާފަވެރިވަމުންދާތީއެވެ.

ސޯޝަލް މީޑިއާއަކީ ސަވާބު ހޯދަން ބޭނުންކުރާ މެޝިނަކަށް ހެދެން އެބައޮތް ކަމަށް ބުނުމުން ސުވާލު އުފެދިދާނެއެވެ. އެހެންވެ ކުޑަ ތަފްޞީލެއް ދޭނަމެވެ. މެޝިނަކީ ޢާންމުގޮތެއްގައި އެއްފަހަރާ އެތައް އެއްޗެއް އުފައްދައިލެވޭ އެއްޗެކެވެ. މިސާލަކަށް ހަކުރުގަނޑު ތައްޔާރުކޮށްފައި ބަޓަނަކަސް ފިއްތައިލުމުން އެތައް ހާސް މެޓައެއް އުފެއްދިދާނެއެވެ.

ހަމަ އެފަދައިން ތިބާއަށް ފެންނަ ރަނގަޅު ދީނީ ލިޔުމެއް ތިބާގެ ހުރިހާ ރައްޓެހިންނަށް ޓެގްކޮށްފައި ފޮނުވައިލުމުން އެ އެންމެންނަށް އެއްފަހަރާ ލިބުނީއެވެ. އެކަމުން ތިބާއަށް ލިބޭނީ އެންމެ ސަވާބެއް ނޫނެވެ. މެސެޖު ފޮނުވި ކޮންމެ މީހަކަށް ފޮނުވި ކަމުގެ ސަވާބު ލިބޭނެއެވެ. އަދި ތިބާ ފޮނުވި މެސެޖު މީހަކު އޭނާގެ ރައްޓެއްސަކަށް ނުވަތަ ރައްޓެހިންނަށް އެ ލިޔުން ފޮނުވައިފިނަމަ އެކަމުގެ ސަވާބުން ވެސް ތިބާއަށް ހިއްޞާއެއް ލިބޭނެއެވެ.

އެހެންކަމަށްވާއިރު ސޯޝަލް މީޑިއާއަކީ ސަވާބު ހޯދަން ބޭނުންކުރާ މެޝިނަކަށް ނުހެދެންވީ ކީއްވެގެން ހެއްޔެވެ؟ ސޯޝަލް މީޑިއާއަކީ ސަވާބު ހޯދަން ބޭނުންކުރާ މެޝިނެއްގެ ގޮތުގައި ބޭނުން ނުކުރެވެންވީ ކީއްވެގެން ހެއްޔެވެ؟

ނަމަވެސް ވިސްނައިލަންޖެހޭ މުހިންމު ކަމެއް އެބައޮތެވެ. ޤިޔާމަތް ދުވަހު ފުރަތަމަ ހިސާބު ބެއްލެވޭނީ ނަމާދުންކަން ކީރިތި ޤްރްއާނާއި ޙަދީޘްފުޅުތަކުން އެނގެން އޮތުމުންނެވެ. ވީމާ ފުރަތަމަ ކަމެއްގެ ގޮތުން އަދާކުރަންޖެހޭނީ ތިމާއަދާކުރަންޖެހޭ ފަރުޟްތަކެވެ. ނަމާދު ނުކޮށް، އެހެން ފަރުޟްތައް އަދާ ނުކޮށް ދެން ކުރާ އެއްވެސް ކަމަކުން ޤިޔާމަތް ދުވަހު އެއްވެސް ފައިދާއެއް ނުކުރާނެއެވެ. ވީމާ ނަމާދު ނުކޮށް ދުވާލު ހަތަރުދަމު ސޯޝަލް މީޑިއާގައި އިނދެ މެސެޖުތައް ފޮނުވި ނަމަވެސް އެކަމުން ކުރާނެ އެއްވެސް ފައިދާއެއް އޮންނާނެ ކަމަކަށް ނުބެލެވެއެވެ.

މިކަމަށް ދީނީ ޢިލްމުވެރިން ގެންދަވަނީ އިރްޝާދު ދެއްވައި ހޭލުންތެރި ކުރުވަމުންނެވެ. ދީނީ ޢިމްމުވެރިން ބަޔާން ކުރައްވާ ގޮތުގައި ނަމާދު ނުކުރާ މީހާ ކިތަންމެ ގިނައިން ޞަދަޤާތް ކުރިނަމަވެސް އެކަމުން އެއްވެސް ފައިދާއެއް ނުކުރާނެއެވެ. ވީމާ ފުރަތަމަ ކުރަންޖެހޭނެ ކަމަކީ ނަމާދުކުރުމާއި ދެންވެސް ހުރި ފަރުޟުތައް އަދާކުރުމެވެ.

މިއަދު އޮންލައިން