ސަރުކާރުން ހުއްދަ ދީފައިވާ ޝެއިޚުންނަކީ ހައްދުފަހަނައަޅާފައިވާ ބައެކޭ ބުނި ކައުންސިލަރުގެ މައްސަލަ ނުބެލެނީ ކީއްވެ؟: ޝައިޚް ޝަފީޢު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ސަރުކާރުން ހުއްދަ ދީފައިވާ ޝެއިޚުންނަކީ ހައްދުފަހަނައަޅާފައިވާ ބައެކޭ ބުނި ކައުންސިލަރުގެ މައްސަލަ ނުބެލެނީ ކީއްވެ؟: ޝައިޚް ޝަފީޢު

ބޭރުގެ ޑޮކިއުމެންޓްރީއަކަށް ދިވެހިރާއްޖޭގައި ސަރުކާރުން ހުއްދަ ދެއްވައިގެން ދީނީ ނަޞޭޙަތްދޭ ޝެއިޚުންނަކީ ހައްދުފަހަނައަޅާފައިވާ ބައެކޭ އަދި އެމީހުން ތަޤްރީރު ދެނީ ހައްދުފަހަނައަޅާ ދިޔުމަށްކަމަށް ބުނެ އިންޓަވިއު ދިން ޢަލީ ހާޝިމް ނަމަކަށް ކިޔާ ދިއްދޫ ކައުންސިލަރުގެ ތަޙުޤީޤުކޮށް ފިޔަވަޅު އެޅެންޖެހޭނެއެވެ. އަދި އެކަން ކުރެއްވުމަށް ކަމާ ބެހޭ ފަރާތްތަކުގެ އަރިހުގައި އަދަބުވެރިކަމާއެކު ދަންނަވަމެވެ.

އިސްލާމީ ވުޒާރާއިން، އެމިނިސްޓްރީއިން ހުއްދަ ދެއްވައިގެން ދީނީ ތަޤްރީރު ކުރާ ޝެއިޚުންނަކީ ހައްދުފަހަނައަޅާފައިވާ ބައެއް ކަމަށް، ރަށެއްގެ ކައުންސިލަރަކު ބުނެފައިވުމުން، އެކަމާމެދު ސުކޫތުގައި ނުތިއްބަވާ، ބަހެއް ވިދާޅުވާން ޖެހޭނެ ކަމަށްވެސް ދެކެމެވެ. އެމީހާ މިނިސްޓްރީއަށް ހާޒިރު ކުރެވި ސުވާލުވެސް ކުރެއްވެން ޖެހޭނެއެވެ.

އަދި އިސްލާމީ މިނިސްޓްރީއިން ހުއްދަ ދެއްވައިގެން ތަޤްރީރު ކުރާ ފަރާތްތަކަކީ ހައްދުފަހަނައަޅާފައިވާ ބައެއް ނޫންކަން، އެމިނިސްޓްރީއިން ދިވެހިރައްޔިތުންނާއި ބޭރުގެ މީޑިއާތަކަށް މިދަނޑިވަޅުގައި ކަށަވަރުކޮށްދޭން ޖެހޭނެކަމަށް ދެކެމެވެ. އަދި، ބޭރުގެ މީޑިއާއަށް އެނގޭނެހެން އިނގިރޭސި ބަހުންވެސް އެކަމަށް ނޫސް ބަޔާނެއް ނެރުއްވުން މުހިއްމު ކަމުގައި ދެކޭތީ، މިކަމަށް އެކަށީގެންވާ ފިޔަވަޅު އެޅުއްވުމަށް އިސްލާމީ ވުޒާރާއަށް އަދަބުވެރިކަމާއެކު އިލްތިމާސް ކުރަމެވެ.

--ޝައިޚް ޝަފީޢް ޢަބްދުﷲ

މިއަދު އޮންލައިން