1993-2018 ގެ ނިޔަލަށް ސަރުކާރުގެ ސަވަރިންގް ގެރެންޓީ ގައި 25 ލޯނު ނަގާފައިވާކަން ފައިނޭންސް މިނިސްޓްރީގެ ދަރަންޏާ ގުޅޭ ތަފާސް ހިސާބުތަކުން ހާމަވެއްޖެއެވެ.
ސަރުކާޜުން ސަވަރިންގް ގެރެންޓީ ދީގެން ލޯނު ނެގި ފަރާތްތަކުގެ ތެރޭގައި ސަރުކާރުގެ ބޮޑެތި ކުންފުނިތައް ހިމެނޭއިރު ވިޔަފާރިވެރިޔާ ސަންޓްރެވަލް ސިޔާމުގެ ކުންފުންޏަކަށް މި ދިޔަ އަހަރު ވަނީ 127.5 މިލިއަން ޑޮލަރުގެ ސަވަރިންގް ގެރެންޓީ ދީފައިވެއެވެ.
މިދިޔަ 25 އަހަރުގެ ތެރޭގައި ސަރުކާރުން ގެރެންޓީ ދީގެން އެންމެ ގިނައިން ލޯނު ނަގާފައިވަނީ މިދިޔައަހަރުއެވެ.
ސަރުކާރުން ގެރެންޓީ ދީގެން އެންމެ ގިނަ ލޯނު ޗައިނާގެ ބޭންކުތަކުން ނަގާފައިވާއިރު ޗައިނާގެ އިން ލޯނު ނަަގަން ފަށާފައިވަނީ ރައީސް ޔާމީންގެ ސަރުކާރުގައި ކަން ފާހަގަކޮށްލެވެއެވެ.