ކަންބޮޑުވުންތަކާއެކު ގިނަ އަދަދެއްގެ ފަނޑިޔާރުން ޕެޓިޝަނެއްގައި ސޮއި ކުރައްވާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅައިފިއެވެ.
އެނގިފައިވާ ގޮތުގައި ސުޕީރިއާ ކޯޓުތަކާއި މެޖިސްޓްރޭޓް ކޯޓުތަކުން 100 އަށްވުރެ ގިނަ ފަނޑިޔާރުން އެޕެޓިޝަންގައި ސޮއި ކޮށްފައިވަނީ މުސާރައާއި އިނާޔަތާއި ގުޅޭ ކަންކަމާއި އެކި މަރުހަލާތަކުގެ ކޯޓުތަކުގެ ފަނޑިޔާރުންނާއި ހުރި ތަފާތު ކުރުންތައް ފާހަގަ ކޮށްފައެވެ.
ފަނޑިޔާރުން ހުށަހެޅި ޕެޓިޝަންގައި ހިމެނޭ އެއް ކަމަކީ ޖިނާއީ ކުށެއް ސާބިތުވެ ނިހާއި ހުކުމެއް އައުމުން މަގާމު ގެއްލޭ ގޮތަށް ފަނޑިޔާރުންގެ ޤާނޫނަށް މިދިޔަ އަހަރު ގެނައި އިސްލާޙު އުވާލުމެވެ. އެއިސްލާހުގެ ސަބަބުން ފަނޑިޔާރުންގެ މައްޗަށް ސީދާ ގޮތުންނާއި ނުސީދާގޮތުން ނުފޫޒު ފޯރުވުމުގެ ދޮރު ހުޅުވިފައިވާ ކަމަށް ވެސް ޕެޓިޝަންގައި ވެއެވެ.
މީގެއިތުރުން، ފަނޑިޔާރެއްގެ މައްޗަށް ތުހުމަތެއް ކުރެވޭ ހިނދު މުސާރަ ލިބޭ ގޮތަށް ސަސްޕެންޑު ކުރުމާއި ދައުވާ އުފުލައިފިނަމަ މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑު ކުރުން ވެސް، އެެއިސްލާހުގައިވާ ބަދަލުތަކުގެ ތެރޭގައި ހިމެނެއެވެ.