އިންތިޚާބުތަކާބެހޭ ޤާނޫނު އުވާލައި ސްޕްރީމް ކޯޓުން ހަމަޖައްސާ ގޮތަކަށް އިންތިޚާބުތަކާ ބެހޭ ކަންކަން ހަމަޖައްސަން މޫސާ މަނިކު ގޮވާލައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
އިންތިޚާބުތަކާބެހޭ ޤާނޫނު އުވާލައި ސްޕްރީމް ކޯޓުން ހަމަޖައްސާ ގޮތަކަށް އިންތިޚާބުތަކާ ބެހޭ ކަންކަން ހަމަޖައްސަން މޫސާ މަނިކު ގޮވާލައްވައިފި

އިންތިޚާބުތަކާބެހޭ ޤާނޫނު އުވާލައި ސްޕްރީމް ކޯޓުން ހަމަޖައްސާ ގޮތަކަށް އިންތިޚާބުތަކާއި ބެހޭ ކަންކަން ހަމަޖައްސަން ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު ގޮވާލައްވައިފިއެވެ. މޫސާ މަނިކު މިކަމަށް ގޮވާލެއްވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މޫސާ މަނިކު ވަނީ ރިޔާސީ 2 ކޮމިޝަނުގެ ބިލް ފާސްކުރަން ކޯލިޝަނުން އެއްބާރުލުން ނުދޭތީ އެކަން ކުށްވެރިކުރައްވައިފައެވެ.

މިައދުގެ ޖަލްސާގައި މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވީ މަޖިލިސް އިންތިޚާބު ބޯމަތިވެފައިވަނިކޮށް ސްޕްރީމް ކޯޓުން ކުރި ޙުކުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ. އަދި އެއްވެސް ފަރާތަކަސް އެފަދަ ކަންކަން ނުކުރެވޭނެ ގޮތަށް ހަމަޖައްސަން ޖެހޭ ކަމަށެވެ.

ޝަރީފް ވިދާޅުވީ މިފަދަ ޙުކުމްތައް ކުރެވެނީ މަޖިލީހުން މަޖިލީހުގެ ދައުރު އަދާނުކުރެވޭތީ ކަމަށެވެ. ޤައުމީ ކަންކަމުގައި މަޖިލީހުގެ ހުރިހާ މެންބަރުންނަށް ޤައުމީ ވިސްނުމުގައި މަސައްކަތް ނުކުރެވޭތީ ކަމަށެވެ.

މިއަދު އޮންލައިން