ވައްކަން ކުރީމަ ޖަލަށް ލާނެ: ރޮޒައިނާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ވައްކަން ކުރީމަ ޖަލަށް ލާނެ: ރޮޒައިނާ

ވައްކަން ކުރީމަ ޖަލަށް ލާނެ ކަމަށާއި ވައްކަން ކުރުމަކީ "އޯކޭ" ކަމެއް ކަމަށް ބުނި ނަމަވެސް ވައްކަން ކުރުމަކީ "އޯކޭ" ކަމެއް ނޫން ކަމަށާއި އެއީ ޖިނާޢީ ކުށެއް ކަމަށް މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒައިނާ ވިދާޅުވީ ވައްކަން ކޮށްގެން ނަމަވެސް ތަރައްޤީ ކުރީމަ އޯކޭ ނޫންތޯ ސުވާލުކޮށް ވައްކަން ކުރުމަކީ އޯކޭ ކަމެއް ކަމަށް ހަދަން މަސައްކަތް ކުރި ނަމަވެސް އެއީ ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.

ރޮޒައިނާ ވިދާޅުވީ ވަކި ޕާޓީއަކަށް ނިޞްބަތްވާތީ ސަރުކާރުގެ އެއްވެސް ވަޒީފާއަކުން އެއްވެސް މުވައްޒިފަކު ވަކި ނުކުރާނެ ކަމަށެވެ. "އެންމެ ފަހުވަގުތު ފެނަވަރަކަށްވެސް އެއްވެސް ކަމަކަށް ނުބަލައި ގޮތެއް ފޮތެއް ނެތި ތަންތަނަށް ވެއްދި މީހުންގެ ކިބައިން ސަލާމަތް ނުވެވިގެން މިއުޅެނީ.

ހެނދުނު އޮފީހަށް ގޮސް ފިންގަރޕްރިންޓް ޖަހާލާފަ އެއްވެސް މަސައްކަތެއް ނުކުރާ މުވައްޒިފުންނަށް ފިޔަވަޅު އަޅަންޖެހޭނެ. މުވައްޒިފުން މަސައްކަތް ކުރަންޖެހޭ ގޮތުގެ ޤަވާއިދުތައް ސިވިލް ސަރވިސްގެ ޤާނޫނުގަ އެބަހުރި. އެގޮތަށް މަސައްކަތް ނުކުރާނަމަ ފިޔަވަޅު އަޅަން ޖެހޭނީ." ރޮޒައިނާ ވިދާޅުވިއެވެ.

މިއަދު އޮންލައިން