ކެންޕޭނު ހަރުގޭގަ ބާރަށް ލަވަ ޖެހުމުން އުމުރުން 71 އަހަރުގެ އަންހެނެއްގެ އަޑުއިވުން ދަށްވެފައިވާ ކަމަށް އީއެންޓީ ސްޕެޝަލިސްޓް، ޑރ. މަޢްރޫފް ވިދާޅުވެއްޖެއެވެ. ޑރ. މަޢްރޫފް މިކަން ހާމަކުރައްވާފައިވަނީ އޭނާއަށް ފަރުވާދެއްވުމަށްފަހު ބޭސް ސިޓީން އޭނާޢަށް ދިމާވި ބަލި އެނގޭ ގޮތަށް ކުރައްވާފައިވާ ޓްވީޓަކުންނެވެ.
ޓްވީޓްގައި ޑރ. މަޢްރޫފްވަނީ މީސްތަކުންގެ ކަންފަތް ބީރުވާވަރަށް އަޑުގަދަ ކޮށް ލަވަ ނުޖަހައި ކެމްޕޭން ނުކުރެވޭނެތޯ؟ ސުވާލު ކުރައްވައިފައެވެ.
ކޮންމެ އިންތިޚާބަކާއި ގުޅިގެންވެސް ކެންޕޭން ޖަގަހަ ތަކުގައި ރޭގަނޑުގެ ގިނަ ވަގުތުތަކެއްގައި ލަވަޖެހުމަކީ ޢާންމުކޮށް ކުރަމުން އަންނަ ކަމެކެވެ. މިކަމާއި ގުޅިގެން އަވަށްތެރިންނަށް އަބަދުވެސް ދަނީ ބޮޑެތި ތަކުލީފްތައް ޖެހެމުންނެވެ.
މިފަދަ ކަންކަމުގެ ސަބަބުން އުމުރުން ދުވަސްވީ މީހުންނަށާއި ކުޑަކުދިން ނިދުމަށް އުނދަގޫވުމުގެ މައްސަލަތައް ވެސް ދަނީ ކުރިމަތިވަމުންނެވެ. އަދި ކުދިންގެ ފިލާވަޅު ދަސްކުރުމަށް ހުރަސް އެޅޭކަން ފާހަގަކޮށް ކަމާއިބެހޭ ފަރާތްތަކަށް ޝަކުވާ ވެސް ހުށަހަޅާފައިވެއެވެ.
https://twitter.com/drmauroof/status/1100567578915684352
