ޕެންޝަން ފައިސާއިން ޙައްޖަށް ދެވޭނެ ގޮތަށް މަޖިލިހުން ފާސް ކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 5ސ
ޕެންޝަން ފައިސާއިން ޙައްޖަށް ދެވޭނެ ގޮތަށް މަޖިލިހުން ފާސް ކޮށްފި

ޕެންޝަން ފައިސާ ބޭނުން ކޮށްގެން ޙައްޖަށް ދެވޭ ގޮތަށް، ޕެންޝަނާއިބެހޭ ޤާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސް ކޮށްފިއެވެ. 

ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުޙައްމަދު އަސްލަމް ހުށަހެޅުއްވި އެބިލް އިޖުތިމާއީ ކޮމިޓީން ފާސްކޮށް، މަޖިލީހުގެ ތަޅުމަށް ހުށަހެޅިއެވެ. އަދި މަޖިލީހުގެ ތަޅުމުން އެބިލް ފާސްކުރީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 69 މެމްބަރުންގެ އިއްތިފާގުންނެވެ. 

ޕެންޝަން ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް މިއަދު ފާސްވެފައިވާއިރު، މިއީ އެބިލާއިމެދު ގޮތެއް ނިންމުމަށް އެޖެންޑާކުރި ހަތަރުވަނަ ފަހަރެވެ. މީގެ ކުރިން ވެސް އެބިލު އެޖެންޑާ ކުރި ނަމަވެސް، ޤާނޫނީ އަދަދު ހަމަނުވުމުގެ ސަބަބުން ރިޔާސަތުން ވަނީ ބިލަށް ވޯޓަށް އަހަން ދެކޮޅު ހަދާފައެވެ. 

ހުށަހެޅުއްވި މިއިސްލާހުގައިވާ ގޮތުގެ މަތިން، ޕެންޝަން ސްކީމުގައި ބައިވެރިވެފައިތިބި މީހުންގެ ތެރެއިން ޙައްޖުގެ އަޅުކަން އަދާކުރަން ސޭވިންގ އެކައުންޓުން ފައިސާ ދޫކުރެވޭނީ އަލަށް ޙައްޖައްދާ މީހުންނަށް އެކަންޏެވެ. 

ނަމަވެސް ބޭނުން ކުރެވޭނީ އެއަހަރަކު ހައްޖަށްދާން ދައްކަން ޖެހޭ ރަސްމީ އަގުގެ ގޮތުގައި ސަރުކާރުން ކަނޑައަޅާ އަދަދުގެ 50 އިންސައްތަ ކަމަށް ވެސް އަސްލަމް ހުށަހެޅި އިސްލާހުގައިވެއެވެ.

 

މިއަދު އޮންލައިން