މިލިއަނަކަށްވުރެ ގިނަ ރުފިޔާގެ މުދަލާއެކު ރ. އިންނަމާދޫ ފަޅުތެރެއަށް ބޯޓެއް އަޑިއަށް ގޮސްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މައުލޫމާތު ދެއްވާފައިވާ ގޮތުގައި، އަޑިއަށް ގޮސްފައިވަނީ "މިހިރީ 05" ނަމަކަށް ކިޔާ ބޯޓެކެވެ.
މިއަދު މެންދުރު 12:40 ހާއިރު ހިނގި މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައިނުވާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއްވާފައިވެއެވެ.
ބޯޓު ފުންކުރުމުގެ މަސައްކަތް އިންނަމާދޫގައި މަސައްކަތް ކުރާ ފުލުހުންނާއި އުނގޫފާރުގައި މަސައްކަތް ކުރާ ފުލުހުންގެ އިތުރުން އިންނަމާދޫގެ ބައެއް ރައްޔިތުންނާއި ކައިރި ރަށްރަށުގެ ރައްޔިތުންވެސް ކުރަމުންދާކަމަށް އެނގިފައިވެއެވެ.
އަޑިއަށްދިޔަ މިބޯޓުގައި ކާޑުގެ ބާވަތްތަކާއި، ގޭސް އަދި ހިލަވެެއްޔާއި ސިމެންތި ފަދަ މުދާ ހުންނާނެ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.