ދައުވަތަކަށް ގޮސް އެންމެން ސަލާމްކޮށް ތަޢާރަފް ނުވާނަމަ އެދޫކޮށްލެވެނީ ގިނަ ސަވާބުތަކެއް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
ދައުވަތަކަށް ގޮސް އެންމެން ސަލާމްކޮށް ތަޢާރަފް ނުވާނަމަ އެދޫކޮށްލެވެނީ ގިނަ ސަވާބުތަކެއް!: މުފްތީ މެންކް

ދައުވަތަކަށް ދިއުމުން ސަލާން ކުރުމަކީ ހަމަ އެކަނި ދައުވަތު ދިން މީހާ ކުރަންޖެހޭ ކަމެއް ކަމަށް މިހާރު މިއޮންނަނީ ހަދައިފައެވެ. ނަމަވެސް އެއީ ވަރަށް ބޮޑު ގޯހެކެވެ. ދައުވަތަކަށް ހިނގައްޖެނަމަ ހުރިހާ މީހުންވެސް ހިނިތުންވުމާއިއެކު އެކަކު އަނެކަކާއި ސަލާމްކޮށް ތަޢާރަފްވާނެ ޖެހޭނެއެވެ. އެކަން އެގޮތަށް ނުކުރާނަމަ އެ ދޫކޮށްލެވެނީ ވަރަށް ފަސޭހައިން ލިބެން ހުރި ގިނަގުނަ ސަވާބުތަކެކެވެ. 

އަހަރެމެންނަށް ޤަބޫލުކުރެވިފައި އޮންނަނީ ނަމާދު ނިމިގެން ސަލާމްދޭއިރުވެސް السَّلاَمُ عَلَيْكُمْ وَرَحْمَةُ اللهِ ކިޔައި ދެފަރާތަށް މޫނު އަނބުރައިލުމުން ނިމުނީ ކަމަށެވެ. އެއީ ވެސް އެހައި ފަސޭހައިން ނިމެން އޮތް ކަމެއް ނޫނެވެ. ތިމާގެ ދެފަރާތުގައި ތިބޭ މީހުންނަށް ހިނިތުންވެލަންވާނެއެވެ. 

ފަހަރެއްގައި އެވަގުތު އަތް ދިއްކޮށް ސަލާމްކުރަން އުޅުމުން އެމީހަކަށް އުނދަގޫވެދާނެއެވެ. ނަމަވެސް ހިނިތުންވެލާށެވެ. ތިބާގެ ހިތް އޭނާއަށްޓަކައި ހެޔޮކަން އިޚްލާޞްތެރިކަމާއިއެކު ހާމަކޮށްލާށެވެ! ހަމަ އެޢާއިއެކު މިސްކިތުން އަލަށް ބައްދަލުވާ މީހުންނާއި ސަލާމްކޮށް ތަޢާރްފްވާން މަސައްކަތްކުރަންވާނެއެވެ. އެފަދަ ކަންކަމުގެ ސަބަބަބުން މުޅި އުންމަތުގެ ގުޅުން ބަދަހިވެގެންދާނެއެވެ. 

ފްލައިޓްތަކުގައި ދަތުރުކުރާއިރު ވަރަށް ގިނައިން ފެންނަ މަންޒަރެކެވެ. ޖެހިގެން އެތައް ގަޑިއިރެއްވަންދެން ދެ މުސްލިމުން ތިބޭއިރުވެސް އަނގައިންވެސް ނުބުނެއެވެ. މިއީ މުސްލިމުންގެ ކިބައިގައި ހުރެގެންވާނެ ސިފައެއް ނޫނެވެ. ބައްދަލުވާއިރަށް އެކަކު އަނެކަކަށް ހިނިތުންވެލައި ސަލާމްކުރަންވާނެއެވެ. ތަޢާރަފްވާންވާނެއެވެ. ހިތްހެޔޮކަން ހާމަކުރަންވާނެއެވެ. ޞަޙާބީން ވަނީ މިކަމުގައި މީސްތަކުންނަސް މިސާލު ދައްކަވައިފައެވެ. އެކަންކަމުން ޢިބްރަތް ޙާޞިލުކުރަންވާނެއެވެ. 

ކިތަންމެ އަވަސް އަވަހަށް ގެއަށް ވަން ނަމަވެސް ގޭގައި ތިބި ބައަކާއި ސަލާމްކުރަންވާނެއެވެ. އެކަމުގެ ސަބަބުން ޢާއިލީ ގުޅުންތައް އެތައް ގުނައެއް އިތުރަށް ބަދަހިވެގެންދާނެއެވެ. ނަމަވެސް މިކަންކަމަށް މިއަދު މިވަނީ ވަރަށް ބޮޑަށް އިހްމާލުވެވިފައެވެ. ރަނގަޅުކޮށްލަން މަސައްކަތްކުރަމާ ހެއްޔެވެ؟ 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން