އާޔަތުލްކުރުސި ޢާއި ކީރިތި ޤްރްއާނުގެ އެންމެ ފަހު 3 ސޫރަތް (އިޚްލާޞް، ފަލަޤް، ނާސް) ހެނދުނާއި ހަވީރު މަދުވެގެން 3 ފަހަރު ކިޔަވާށެވެ. ކޮންމެ ނަމާދެއްގެ ފަހުގައި ކިޔެވުމަކީ އިތުރު ބޯނަސްއެކެވެ. ތިބާގެ ވަށައިގެން ދަގަނޑު ދަހަނާތައް ލެވި ތިބާ ހިމާޔަތް ކުރެވޭ މިސާލުގައި ﷲ ތަޢާލާ ތިބާ ހިމާޔަތް ކުރައްވަވާނެތެވެ.
ސިހުރުންނެވެ. ޖިންނި ޝައިޠާނުންގެ ކިބައިންނެވެ. ރޭގަނޑުގެ އަނދިރިކަމުގެ ތެރެއިން ކުރިމަތިވެދާނެ ބިރުވެރި ކަންކަމުންނެވެ. އަދި ހަސަދަވެރިކަމާއި އެސްފީނާ އިންވެސް މެއެވެ. އަދި ތިބާއަށް ގެއްލުންދޭން މަސައްކަތްކުރާ މީހުންގެ ކިބައިންވެސްމެއެވެ.
މިކަން ނުކުރާމީހާ އެ އަނިޔާތައް ލިބިގަންނަނީ އެމީހަކު އަމިއްލައަށެވެ. އެހެން މީހަކު ކުށްވެރިކުރުމުގެ އެއްވެސް ބޭނުމެއް ނެތެވެ. ސަބަބަކީ މިއީ ހަމަ ކޮންމެ މީހަކަށްވެސް އެހައިމެ ފަސޭހައިން ކުރެވޭނެ ކަމަކަށްވާތީއެވެ. މިކަމަށް ހޭދަވާނީ ގިނަވަގެން އެންމެ 5 މިނިޓާއި 10 މިނިޓާއި ދެމެދުގެ ވަގުތުކޮޅެކެވެ. ފަތިސްނަމާދަށްފަހުގަ ޢާއި މަޣްރިބް ނަމާދަށްފަހު އާޔަތުލްކުރުސި ޢާއި ކީރިތި ޤްރްއާނުގެ އެންމެ ފަހު 3 ސޫރަތް މަދުވެގެން 3 ފަހަރު ކިޔެވުން އާދަކުރާށެވެ! އެކަމަށް ހޭދަކުރަންޖެހޭ ވަގުތުކޮޅަށްވުރެ ލިބޭ ރައްކައުތެރިކަން މާބޮޑުވާނެއެވެ.
- މުފްތީ މެންކުގެ ދަރުސަކުން