އެމީހަކު ލީ ވޯޓަކަށް ޒިންމާވާން ޖެހޭނީ ވޯޓުލީ މީހެކެވެ. ވޯޓުލާން ޖެހޭނީ އެމީހަކު އެންމެ އިތުބާރުކުރާ މީހަކަށެވެ.
އެމީހަކު ތާއީދުކުރާ ޕާޓީގެ ފިކުރު ބަދަލުވެދާނެއެވެ. ނަމަވެސް މީހުން ތިބެންޖެހޭނީ އެމީހަކު އަމިއްލައަށް ޤަބޫލުކުރާ ފިކުރުގައެވެ. ޕާޓީގެ ފިކުރާ އެއްގޮތަށް މީހާގެ ފިކުރު ބަދަލުވާނަމަ އެމީހާގެ ކޮންޓްރޯލް އެއޮތީ ޕާޓީއަތުގައެވެ. އެމީހާގެ އަތަކު ނޫނެވެ.
އިސްލާމް ދީނާއި ގުޅިފައިވާ ކަންކަމުގައި ފިކުރު ބަހައްޓަންޖެހޭނީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށެވެ. ޕާޓީގެ ފިކުރާ ﷲ ތަޢާލާ އަނގަވާފައިވާ ގޮތާއި ކިތަންމެ ކުޑަމިންވަރަކުން ނަމަވެސް ތަޢާރަޟް ވާނަމަ ޖެހޭނީ ޕާޓީގެ ފިކުރު ދޫކޮށްލައި އިސްލާމް ދީނުގައި އަނގަވާފައިވާ މަގުން އަމަލުކުރާށެވެ!
- މަޢްލޫމާތު: ޑރ. މުޙއްމަދު އިޔާޟް ޢަބްދުއްލަޠީފް