ރާއްޖޭގަ ބައަކު ބުރުގާ އަޅާ ގޮތަކުން ނުވަތަ ނޭޅުމަކުން ކީރިތި ޤްރްއާނުގެ ޙުކުމަކަށް ބަދަލެއް ނާންނާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 9ސ
ރާއްޖޭގަ ބައަކު ބުރުގާ އަޅާ ގޮތަކުން ނުވަތަ ނޭޅުމަކުން ކީރިތި ޤްރްއާނުގެ ޙުކުމަކަށް ބަދަލެއް ނާންނާނެ!

ނޫރު ސޫރަތުގެ 31 ވަނަ އާޔަތުގައި ޢައުރަ ނިވާކުރުމާއި ބެހޭ ގޮތުން ބަޔާން ކުރައްވަވާފައިވަ ޙުކުމްފުޅު ބަޔާން ކުރުމުން ބައެއް މީހުން ދައްކަނީ ރާއްޖޭގައި ބައެއް އަންހެނުން ބުރުގާ އަޅައި ހެދުންލައި އުޅޭ ގޮތުގެ ވާހަކައެވެ. އެ ގޮތް ކަމުނުދާ ވާހަކައެވެ. އެގޮތަށް ދެކެވޭ ވާހަކަތަކުގައިވެސް ޙަޤީޤަތެއް އެބައޮތެވެ.

ހަމައެކަނި ބުރުގާއެއް އެޅުމަކުން ނުފުދޭކަން ދީނީ ޢިލްމްވެރިން ގެންދަވަނީ ބަޔާންކުރައްވަވަމުންނެވެ. ހެދުންލާން ޖެހޭނީ ހަށިގަނޑުގެ ވަނާތައް ނުއެނގޭ ގޮތަށް ދޫކޮށް ކަމަށް ގެންދަވަނީ ބަޔާން ކުރައްވަވަމުންނެވެ. އަޑުއަހައި އަމަލުކުރުމަކީ މީސްތަކުންގެ މައްޗަށް އޮތް ކަމެކެވެ. ޤަބޫލުކުރަންޖެހޭ ކަމަކީ މީހަކު ބުރުގާ އަޅާ ގޮތަކުން އަދި ހެދުންލާ ގޮތަކުން، އަދި ނޫރު ސޫރަތުގެ 31 ވަނަ ޢާޔަތުގައިވާ ﷲ ތަޢާލާގެ ޙުކުމްފުޅަށް އަމަލު ނުކުރުމަކުން އެ ޢާޔަތުގައި ﷲ ތަޢާލާ ބަޔާން ކުރައްވަވާފައިވާ ޙުކުމްފުޅަށް އެއްވެސް އުނިކަމެއް ނުއަންނާނެ ކަމެވެ. އެ ޙުކުމްފުޅު އެގޮތަށް ދެމިއޮންނާނެ ކަމެވެ. ޤިޔާމަތް ދުވަހު ޢަމަލުކުރެވޭނީ އެ ޙުކުމްފުޅަށް ކަމެވެ.

އެލިޔުމާއި ގުޅިގެން ބައެއް ބޭފުޅުން ކުރެއްވި ކޮމެންޓުތަކުގައި އަހްޒާބް ސޫރަތުގެ 59 ވަނަ އާޔަތުގެ ވާހަކަ ދައްކަވާފައި އެބަހުއްޓެވެ.

"އޭ ނަބިއްޔާއެވެ! ކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާއި، ކަލޭގެފާނުގެ ދަރިދަރިކަނބަލުންނާއި، މުއްމިން އަންހެނުން، އެކަނބަލުންގެ ފޭރާންތަކުން ނިވައިވެ ތިބުމަށް ކަލޭގެފާނު އެކަނބަލުންނަށް ވިދާޅުވާށެވެ! އެކަނބަލުން އެނގިގެންވުމަށާއި، އެކަނބަލުންނަށް އުނދަގޫ ނުލިބުމަށް އެގޮތް މާގާތްކަން ބޮޑެވެ. ﷲ އީ، ގިނަގިނައިން ފާފަ ފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެ ކަމުގައި ވޮޑިގެންވެއެވެ." (އަހްޒާބް ސޫރަތް – 59)

މި އާޔަތުގައި ބަޔާން ކުރައްވަވާފައި އެވަނީ މޫނުގެ ބުރުގާ އެޅުމުގެ ވާހަކަ ކަމަށް ދީނީ ޢިލްމުވެރިން އާޔަތުގެ ތަފްސީރުގައި ހާމަކުރައްވަވައެވެ. ވީމާ "އެކަނބަލުން އެނގިގެންވުމަށާއި" އޮތުމަކީ ފައުޅުވެގެން ތިބުމެއް ނޫނެވެ. ހަމަ އެޢާއިއެކު "އެކަނބަލުންނަށް އުނދަގޫ ނުލިބުމަށް އެގޮތް މާގާތްކަން ބޮޑެވެ." އޮތުމުން ވީހައި ނިވާކަން ބޮޑުވެގެން ހުރުމުގެ މުހިންމުކަން ހާމަވެއެވެ. "އެކަނބަލުންނަށް އުނދަގޫ ނުލިބުމަށް އެގޮތް މާގާތްކަން ބޮޑެވެ." އޮތްއިރު އުނދަގޫ ނުލިބޭނީ ވީހައި ނިވާކަން ބޮޑުކުރުމުންކަމަށްވާތީއެވެ.

ދިވެހިންގެ ތެރެއިން ގިނަ ބައަކު އަންނަނީ ޢައުރަ ނިވާކުރަމުންނެވެ. އެއީ އުފާކުރަންޖެހޭ ކަމެކެވެ. އައުރަ ނިވާކޮށްފިނަމަ އައުރަ ނިވާ ނުކުރުމުން ލިބޭނެ ޢަޒާބު ނުލިބޭނެތީއެވެ. އިސްލާމް ދީނަށް އެންމެ ފުރައްސާރަކުރާ އިނގިރޭސިވިލާތާއި ފްރާންސް އަދި ޖަރުމަން ފަދަ ޤައުމުތަކުގެ އެހެންދީންތަކުގެ އަންހެނުންވެސް މަގުމަތީގައި ރައްކައުތެރިކަން ހޯދުމަށްވެސް އަންނަނީ މަގުމައްޗަށް ނުކުންނައިރު މޫނުބުރުގާ އަޅައި ނިވާވަމުންނެވެ.

މަޢްލޫމާތު: ޑރ. މުޙަމަދު އިޔާޟް ޢަބްދުއްލަޠީފް

މިއަދު އޮންލައިން