ސުންނަތް އަޅުކަންކުރުން ގިނަ ކުރުމަށްވުރެ ކުރެވޭ ފާފަތައް ކުރުން ހުއްޓައިލުމުގެ މުހިންމުކަމާއި ފައިދާ މާބޮޑު!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 25ސ
ސުންނަތް އަޅުކަންކުރުން ގިނަ ކުރުމަށްވުރެ ކުރެވޭ ފާފަތައް ކުރުން ހުއްޓައިލުމުގެ މުހިންމުކަމާއި ފައިދާ މާބޮޑު!: މުފްތީ މެންކް

ސުންނަތް އަޅުކަންކުރުން ގިނަ ކުރުމަށްވުރެ ކުރެވޭ ފާފަތައް ކުރުނަ ހުއްޓައިލުމުގެ މުހިންމުކަމާއި ފައިދާ މާބޮޑެވެ. ނަމަވެސް މިކަން ގިނަ ބައަކަށް ނުއެނގެއެވެ. ނުވަތަ މިކަން އެމީހުންނަކަށް ނުއެނގެއެވެ. އެހެންވެ ފާފަތައް ކުރަމުން ވެސް ސުންނަތް އަޅުކަން ކުރުން ގިނަ ކުރެއެވެ. 

ސުންނަތް އަޅުކަމަކީ ވެސް ހަމަ ކުރަންޖެހޭ ކަންކަމެވެ. ޤިޔާމަތް ދުވަހު ފަރުޟް ކަންކަމުގެ ހިސާބު ބައްލަވާއިރު މަދުވާބައި ސުންނަތުން ލިބުމަށް އުންމީދުކުރެވިދާނެއެވެ. ﷲ ތަޢާލާ އިރާދަ ކުރައްވަވައިފި އަޅަކަށް ފަރުޟު ނަމާދުން މަދުވާބައިވެސް ސުންނަތް ނަމާދުތަކުން ލައްވަވައި ދެއްވަވާނެތެވެ. 

ފަރުޟު ކަންކަން ކުރުމާއިއެކު ސުންނަތް އަޅުކަން މިކުރަނީ "ރިޒަރވް"ގެ ގޮތުގައި މަޙްޝަރު ދުވަހު ތިމާއާއިއެކު ވުމަށްޓަކައެވެ. އަމަލުތައް މީޒާނުގައި ކިރައިލެވޭއިރު ހެޔޮކަމުގެ ކޮޅަށް ވީހައި ބުރަކުރުމަށްޓަކައެވެ. އެ މަޤްޞަދު ޙާޞިލު ނުކުރެވޭނެ ގޮތަށް އަޅުކަން ކުރުމުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ 

ރަނގަޅަށް ވިސްނާށެވެ. މުޅި ދުވަހު ކުރެވޭ ހުރިހާ ސުންނަތް އަޅުކަމުން ލިބޭނެ ސަވާބަށްވުރެ ކުރެވޭ ހަމަ އެންމެ ފާފައަކުން ލިބޭ އަޒާބު ބޮޑުވެދާނެއެވެ. އެހެންކަމަށްވާއިރު ފާފަތައް ކުރަމުން ކުރާ އަޅުކަމުން ތިލަފަތުގައި ހެޔޮކަމުގެ ކޮޅަށް ބަރުވެދާނެކަމަށް އުންމީދުވެސް ކުރެވޭނީ ކިހިނަކުން ހެއްޔެވެ؟ 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މިއަހަރުގެ ރަމަޟާން މަސް ދާދި ކައިރިވެއްޖެއެވެ. އެއީ އަޅުކަމުގެ މައްސަރެވެ! އަޅުކަން އިތުރުކުރުމުގެ މައްސަރެވެ. އެހެން މަސްމަހުގައި ސުންނަތް އަޅުކަން ނުކުރާ މިންވަރަށް ގިނަ ބައަކު ރަމަޟާން މަހު ސުންނަތް އަޅުކަން ކުރެއެވެ. އެހެންކަމަށްވާއިރު އެކަންކަމުގެ ފައިދާ ލިބިގަތުމަށްޓަކައި ކުރެވެމުން އަންނަ ފާފަތައް ކުރުން މިހާރުން މިހާރަށްވެސް ހުއްޓާލަން އެބަޖެހެއެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން