ހުޅުމާލޭގައި ވިހިހާސް ޓަނުގެ ފެން ރައްކާ ކުރެވޭ ދެ ތާނގި ބަހައްޓަނީ

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 36ސ
ހުޅުމާލޭގައި ވިހިހާސް ޓަނުގެ ފެން ރައްކާ ކުރެވޭ ދެ ތާނގި ބަހައްޓަނީ

ހުޅުމާލޭގައި 20،000 ޓަނުގެ ފެން ރައްކާ ކުރެވޭ ދެ ތާނގި ބަހައްޓާގޮތަށް އެމްޑަބްލިއުއެސްސީ އިން ނިންމައިފިއެވެ.

މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑައިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ ވޯޓާ ސްވަރޭޖް އިތުރު ކުރުމަށްޓަކައި މިހާރު މިވަނީ އެސްޓީއޯގެ ޕްރިމެކްސް ސިމެންތި ހަދާ ބިމުގައި 20،000 ޓަނުގެ ފެން ރައްކާ ކުރެވޭނެ ގޮތަށް ދެ ތާނގި ބަހައްޓާނެކަމަށާއި ވީހާވެސް ގިނައިން ފެން ރައްކާ ކުރެވޭނެ ގޮތަށް ޑިޒައިން ކޮށްގެން ބޭނުން ކުރެވޭތޯ ބަލަމުންއަންނަ ކަމަށެވެ.

24 މިލިއަން ރުފިޔާގެ މި މަޝްރޫއު އަހަރެއްހާ ދުވަހުގެ ތެރޭގައި ފެށޭނެ ކަމަށް އާޒިމް ވިދާލުވިއެވެ.

މިއަދު އޮންލައިން