ހުޅުމާލޭގައި މަގު ހުރަސްކުރި 31 އަހަރުގެ މާބަނޑު އަންހެނަކު އެކްސިޑެންޓް ވެއްޖެވެއްޖެއެވެ.
ފުލުހުން ބުނެފައިވަނީ ހުޅުމާލޭގައި މާބަނޑު އަންހެނަކު އެކްސިޑެންޓްވެފައިވާ ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ. އެހެންނަމަވެސް ފުލުހުން އިތުރު ތަފްސީލެއް ނުދެއެވެ.
މައުލޫމާތުލިބިފައިވާ ގޮތުގައި އެކްސިޑެންޓްގައި މާބަނޑު މީހާގެ ބޯ ފަޅައިގެން ދިއުންް ފިޔަވައި އިތުރު އަނިޔާާއެއް ލިބިފައެއްނުވެއެވެ.
މިމީހާ އަށް ހުޅުމާލެ ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ.