މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މާފަންނުގެ ގެއެއް ބަލައި ފާސްކޮށް 20 ދިވެހިންނާއި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނެފައިވަނީ ހަޔަރުކުރި ދިވެހިންގެ ތެރޭގައި 18 އަހަރުގެ ކުއްޖަކު ހިމެނޭ ކަމަށެވެ.
ފުލުހުން ބުނެފައިވަނީ ކޯޓުއަމުރެއްގެދަށުން މިއަދު ހެނދުނު އެގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ހުރި 38 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށެވެ.