ގައްދޫގައި ވަރަށް ބޮޑަށް ފިހުނު ތުއްތު ކުއްޖަކަށް ބޭސް ނެތިގެން ފަރުވާ ނުދެވުނު މައްސަލައެއް ފެންމަތިވެއްޖެ!

ކިޔުމަށް ހޭދަވާނީ 51ސ
ގައްދޫގައި ވަރަށް ބޮޑަށް ފިހުނު ތުއްތު ކުއްޖަކަށް ބޭސް ނެތިގެން ފަރުވާ ނުދެވުނު މައްސަލައެއް ފެންމަތިވެއްޖެ!

ވަރަށް ބޮޑަށް ފިހިގެން ގދ. ގައްދޫ ސިއްޙީ މަރުކަޒަށް ގެންދިޔަ ތުއްތު އަންހެން ކުއްޖަކަށް، ބޭސްނެތިގެން ފަރުވާ ނުދެވުނު މައްސަލައެއް ފެންމަތިވެއްޖެއެވެ. 

އެނގިފައިވާ ގޮތުގައި އުމުރުން ގާތްގަނޑަށް ތިން އަހަރުގެ އެކުއްޖާ ފިހިގެން އެމަރުކަޒަށް ގެންދިޔައީ މިއަދު ހެނދުނުއެވެ. ނަމަވެސް ފިހޭ ތަންތާނގައި އުނގުޅާ ބޭސް ހުސްވެގެން، އެކުއްޖާ ސިއްޙީ މަރުކަޒަށް ގެންދިޔަތާ ދެ ގަޑިއިރުވީއިރުވެސް ފަރުވާ ދެވިފައި ނުވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ. 

އެކުއްޖާ ފިހިފައިވަނީ ގަޔަށް ސައިތައްޓެއް ބަންޑުން ވެގެން ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ. 

ވަރަށް ބޮޑަށް ފިހިގެން ތުއްތު ކުއްޖަކު ގައްދޫ ސިއްޙީ މަރުކަޒަށް ގެންދިޔަ ކަމަށާއި ބޭސް ހުސްވެގެން ފަރުވާ ނުދެވި ލަސްވިކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އެރަށު ކައުންސިލުން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ. 

އެނގިފައިވާ ގޮތުގައި އެކުއްޖާއަށް އިތުރު ފަރުވާ ދިނުމަށް މިހާރު ވަނީ ތިނަދޫ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

މިއަދު އޮންލައިން