ޖުޑީޝަލް އެކަޑަމީން އިންތިޒާމުކުރާ ކުޑަކުދިންގެ އަދުލުގެ ނިޒާމު ހަރުދަނާ ކުރުމާބެހޭ ސެމިނާ ފަށައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
ޖުޑީޝަލް އެކަޑަމީން އިންތިޒާމުކުރާ ކުޑަކުދިންގެ އަދުލުގެ ނިޒާމު ހަރުދަނާ ކުރުމާބެހޭ ސެމިނާ ފަށައިފި

ޖުޑީޝަލް އެކަޑަމީން އިންތިޒާމު ކޮށްގެން، ރާއްޖޭގެ ކުޑަކުދިންގެ ޙައްޤުތަކާއި ކުޑަކުދިންގެ ޢަދުލުގެ ނިޒާމާ ބެހޭ ސެމިނާރެއް ފަށައިފިއެވެ.

މިސެމިނާރުގެ ސެޝަންތައް ނަންގަވައިދެއްވަނީ ޖުވެނައިލް ޖަސްޓިސް ޔުނިޓް، ޖުވެނައިލް ކޯޓު، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބޭފުޅުންނެވެ.

ޔުނިސެފްގެ މާލީ އެހީތެރިކަމާ އެކު ހިންގާ މި ސެމިނާރަކީ، ރާއްޖޭގެ ކުޑަކުދިންގެ ހައްޤުތަކާއި ކުޑަކުދިންގެ އަދުލުގެ ނިޒާމު ހަރުދަނާ ކުރުމަށް ޓަކައި ކަމާ ގުޅޭ އެންމެހާ މުއައްސަސާތައް ހޭލުންތެރި ކުރުވުމާ އެކު، ބައިނަލް އަޤްވާމީ ބެސްޓް ޕްރެކްޓިސްތައް އުނގަންނަވައި ދެއްވުމާއި، ފަނޑިޔާރުންނާއި ކަމާ ގުޅުން ހުރި މުއައްސަސާތަކުގެ ބޭފުޅުންގެ ތަޖުރިބާ ހިއްސާ ކުރުމާއި، ކުޑަކުދީންގެ ހައްޤުތައް ރައްކާތެރި ކުރާނެ ގޮތުގެ ފުރިހަމަ މައުލޫމާތު ހިއްސާ ކުރާނެ ޕްލެޓްފޯމެއް ޤާއިމު ކޮށްދިނުމާއި، ކުޑަކުދިންގެ އަދުލުގެ ނިޒާމު ކުރިއަށް ގެންދިޔުމުގައި އިދާރާތަކަށް ކުރިމަތިވާ ގޮންޖެހުންތައް ހިއްސާކުރުމުގެ މަޤުޞަދުގައި ބާއްވާ ސެމިނާރެކެވެ.

މިސެމިނާރު ކުރިއަށްދާނީ މި މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް ރ. އުނގޫފާރުގައެވެ.

މިއަދު އޮންލައިން