މިނިވަން ދުވަހުގެ ރަސްމިއްޔާތުގަ ފަލާޙް ޕްރިސްކޫލުން ހުށަހަޅައިދޭ އައިޓަމް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދަނީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 35ސ
މިނިވަން ދުވަހުގެ ރަސްމިއްޔާތުގަ ފަލާޙް ޕްރިސްކޫލުން ހުށަހަޅައިދޭ އައިޓަމް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދަނީ

މިއަހަރުގެ މިނިވަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބާއްވާ ހަރަކާތްތަކުގެ ތެރެއިން ގަލޮޅު ދަޑުގައި ބޭއްވުމަށް ހަމަޖެހިފައިވާ ހެވިކަމާއި ކުޅިވަރުތަކުގައި ފަލާޙް ޕްރިސްކޫލުން ހުށަހަޅައިދޭ އައިޓަމްގައި ހެދުން ފަރުމާކޮށް، ޕްރޮޕްސް ތައްޔާރުކޮށް، ކޮރިއޮގްރަފީ އަދި ކޮންސެޕްޓް (މުޅިއައިޓަމް) ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން އެސްކޫލުން އިއުލާނުކޮށްފިއެވެ. 

މިކަމަށް ފަލާޙް ޕްރިސްކޫލުން ކުރި އިއުލާނުގައި ބުނެފައިވަނީ މިކަމަށް ޝައުޤުވެރިވާ ފަރާތަކުން 18 މާރިޗް 2019 ވާ ހޯމަ ދުވަހުގެ މެންދުރު 11.30އަށް އެ ސްކޫލަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 25 މާރިޗް ވާ ހޯމަ ދުވަހު 11.30 އަށްޕްރޮޕޯސަލް ހުށައެޅުންވުމަށް އެދޭ ކަމަށެވެ.

މިއަދު އޮންލައިން