އަޅުކަންކުރަން ބޭނުންކުރާ ގިނަ އަދަދެއްގެ ބުދުތަކެއް ރާއްޖެއަށް އެތެރެކުރަން އުޅުނު އިންޑިއާ ބައަކު ހިފަހައްޓައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 44ސ
އަޅުކަންކުރަން ބޭނުންކުރާ ގިނަ އަދަދެއްގެ ބުދުތަކެއް ރާއްޖެއަށް އެތެރެކުރަން އުޅުނު އިންޑިއާ ބައަކު ހިފަހައްޓައިފި

އަޅުކަންކުރަން ބޭނުންކުރާ ގިނަ އަދަދެއްގެ ބުދުތަކެއް ރާއްޖެއަށް އެތެރެކުރަން އުޅުނު އިންޑިއާ ބައަކު ކަސްޓަމްސް އިން ހިފަހައްޓައިފިއެވެ. މިމީހުން ހިފަހައްޓާފައިވަނީ ރޭގެ ވަގުތެއްގައެވެ.

ކަސްޓަމްސް އިން ބުނީ ބުދުތަކަކީ އަޅުކަންކުރަން ބޭނުންކުރާ ބުދުތަކެއް ކަމަށާއި އެކަންކުރި މީހުން މިހާރު ވަނީ އިމިގްރޭޝަނުގެ ބެލުމުގެ ދަށުގައި ކަމަށެވެ. އަދި މިކަމުގެ ތަފްޞީލުތައް ވަރަށް އަވަހަށް ހާމަކުރާނެ ކަމަށެވެ.

އަޅުކަންކުރަން ބޭނުންކުރާ ބުދު ފަދަ ތަކެތި ރާއްޖެއަށް އެތެރެކުރުމަކީ ޤާނޫނުގައި މަނާކޮށްފައިވާ ކަމެކެވެ. އިންޑިއާ އާއި ރާއްޖޭގެ ގުޅުން "އިންތިހާއަށް" ބަދަހިވެގެންދާ މިފަދަ ވަގުތެއްގައި މިފަދަ ކަމެއް ކުރުމަކީ ކުރިއަށް ނަގްންހުރި "ރޯޅިތަކަށް" އިތުރަށް ސަމާލުކަން ދޭންޖެހޭނެ ކަމެކެވެ.

މިފަދަ އަމަލުތައް ކުރާ މީހުންނާއިމެދު ރާއްޖޭގެ ޤާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅުމަށް ގިނަ ބައަކު ދަނީ ގޮވާލަމުންނެވެ.

މިއަދު އޮންލައިން