ރާއްޖޭގައި ހިލޭ ސާބަހަށް މަސައްކަތް ކުރާ 3 ޖަމިއްޔާއަކަށް ވެލާ އައިލެންޑް ރިސޯޓުން ފައިސާގެ އެހީ ދީފިއެވެ.
ވެލާ އައިލެންޑް ރިސޯޓްގެ ފަސްވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ސޯލްޓް ކެފޭގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވެލާ ރިސޯޓުގެ ފަރާތުން ކެއާ ސޮސައިޓީ އޮފް މޯލްޑިވްސްއާއި، މޯލްޑިވްސް ތެލަސީމިއާ ސޮސައިޓީގެ އިތުރުން ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް އަށް ޖުމްލަ 750000 ރުފިޔާ ހަދިޔާ ކޮށްފައިވެއެވެ.
ވެލާ ރިސޯޓުގެ ފަރާތުން ބުނެފައިވަނީ ފަސް އަހަރު ފުރުމުގެ މުނާސަބަތުގައި ޖަމިއްޔާތަކަށް އެހީ ދިނުމުގެ އިތުރަށް އިޖުތިމާއީ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމާފައިވާކަމަށެވެ.