28 ބުދު އެތެރެކުރި އިންޑިއާގެ 4 މީހުން ފުރުވާލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
28 ބުދު އެތެރެކުރި އިންޑިއާގެ 4 މީހުން ފުރުވާލައިފި

އަޅުކަންކުރުމަށް ބޭނުންކުރާ އެކި ސައިޒްގެ 28 ބުދު، ރާއްޖެއަށް ރޭ އެތެރެކުރަން އުޅުނު މީހުން ތަކެއްޗާއިއެކު މިހާރު ވަނީ އަނބުރާ އިންޑިއާއަށް ފުރާފައިކަމަށް ކަސްޓަމްސް އިން ބުނެފިއެވެ. އަދި މިބުދުތައް ރާއްޖެއަށް އެތެރެކުރަން މަސައްކަތްކުރީ ވައިގެ މަގުން ރާއްޖެއައި އިންޑިއާގެ 3 އަންހެނުންނާއި ފިރިހެނަކު ކަމަށްވެސް ކަސްޓަމްސް އިން ބުނެފައިވެއެވެ. 

ކަސްޓަމްސް އިން ބުނެފައިވަނީ އަޅުކަންކުރަން ގެންގުޅޭ ބުދަކީ ޤާނޫނު ނަންބަރު 75/4 (ދިވެހިރާއްޖޭއަށް ގެނައުން މަނާ ތަކެތީގެ ޤާނޫނު)ގެ4 ވަނަ މާއްދާގެ (ށ) ގެ ދަށުން ދިވެހިރާއްޖެއަށް އެތެރެކުރުން މަނާ އެއްޗެތި ކަމަށެވެ.

ރާއްޖެއިން ބޭރުގެ ފަރާތްތައް ރާއްޖެ އަންނައިރު އެމީހުން ގެންނަތަކެތީގެ ތެރޭގައި ހިމެނޭ ރާއްޖެއަށް އެތެރެކުރުމަށް ހުއްދަނުދެވޭ ތަކެތި، އެމީހުން ރާއްޖެއިން ފުރައިގެންދާއިރު އަނބުރާ ގެންދިއުމަށް ބޭނުންވެއްޖެ ހާލަތެއްގައި އަނބުރާ ގެންދިއުމުގެ ފުރުޞަތު އެފަރާތްތަކަށް ކަސްޓަމްސް އާންމުގަވާއިދުން ލިބިދޭ ކަމަށްވެސް ކަސްޓަމްސް އިން ބުނެފައިވެއެވެ.

މި 4 މީހުން ފުރުވާލާފައި މިވަނީ މި މައްސަލައިގެ މުހިންމުކަން ފާހަގަކޮށް މި މައްސަލަ ތަޙްޤީޤް ކުރަން ގިނަ ބައަކު އެދެމުން ދަނިކޮށެވެ.

 

މިއަދު އޮންލައިން