އިމާރާތެއްގައި ކުލަލާން އުޅުނު ދެ ބިދޭސީއަކު ވެއްޓިއްޖެ

ކިޔުމަށް ހޭދަވާނީ 31ސ
އިމާރާތެއްގައި ކުލަލާން އުޅުނު ދެ ބިދޭސީއަކު ވެއްޓިއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓުގެ ސީޕްލޭން އޭރިއާގައި ހުރި އިމާރާތެއްގައި ކުލަލާން އުޅުނު ދެ ބިދޭސީއަކު ވެއްޓި އަނިޔާވެއްޖެއެވެ. 

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މިއަދު ހެނދުނު 10:00 ހާއިރު ހިނގި މިހާދިސާގައި އަނިޔާވެފައި ވަނީ ބަންގްލަދޭޝް ގެ ދެ ރައްޔިތަކަށް ކަމަށެވެ. 

މިދެމީހުން އިތުރު ފަރުވާއަށް ހުޅުމާލޭ ހޮސްޕިޓަލަށް ގެންދެވުނު ކަމަށާއި އޭގެ ތެރެއިން އެކަކުގެ ފައިގެ ކުޑަ ހުޅަށާއި އުނަގަނޑަށް ތަދެއް އެރުން ނޫން އިތުރު ގެއްލުމެއް ނުވާ ކަމަށް ވެސް އޮފިޝަލު ވިދާޅުވިއެވެ. 

އިމާރާތުން ވެއްޓުނު ދެ ބިދޭސީންގެ ހާލުވެސް ރަނގަޅު ކަމަށް މައުލޫމާތު ލިބެއެވެ.

މިއަދު އޮންލައިން