ފްލެޓްތައް ދޫކޮށްފައިވާ ގޮތާއިމެދު ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައްވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 50ސ
ފްލެޓްތައް ދޫކޮށްފައިވާ ގޮތާއިމެދު ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައްވައިފި

"ހިޔާ" މަޝްރޫޢާއި، "ގެދޮރުވެރިކުރުވުން" މަޝްރޫޢާއި، "ގުޅީފަޅު ހައުސިންގ ޕްރޮޖެކްޓް" ކުރިއަށް ގެންގޮސްފައިވާ ގޮތާއި އެ މަޝްރޫޢުތަކުގެ ދަށުން ފްލެޓްތައް ދޫކޮށްފައިވާ ގޮތާމެދު ޝަކުވާ ހުށައަޅަން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު މިއަދު ހުޅުވައިލައްވައިފިއެވެ.  

މިއަދުން ފެށިގެން މި މަހުގެ 25 ވަނަ ދުވަހުގެ 14.00 ގެ ނިޔަލަށް ހުޅުވާލައްވައިފައިވާ މިފުރުސަތުގައި ސިޓީ، އީމެއިލް ނުވަތަ އެސް.އެމް.އެސް މެދުވެރިކޮށްވެސް ޝަކުވާ ހުށަހެޅުއްވޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިކަމާއި ގުޅިގެން ކުރެއްވި އިޢުލާނުގައިވެއެވެ.

"ހިޔާ" މަޝްރޫޢާއި، "ގެދޮރުވެރިކުރުވުން" މަޝްރޫޢާއި، "ގުޅީފަޅު ހައުސިންގ ޕްރޮޖެކްޓް" ގެ ދަށުން ފްލެޓް ލިބިފައިވާ ފަރާތްތައް އެނގޭނެ ލިސްޓު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓްގެ ޑައުންލޯޑްސް، https://presidency.gov.mv/Downloads/dv/47 އިން ޑައުންލޯޑް ކުރެއްވޭނެއެވެ.
އިޢުލާން : http://www.gazette.gov.mv/iulaan/view/97695

މިއަދު އޮންލައިން