"ދެއްކޭނެ އަދި ނުދެއްކޭނެ ވާހަކަތައް ހުންނާނެއެވެ. ﷲ ރުއްސަވާ ނުވަތަ ދީނާ ފުށުނުއަރާ ހުއްދަ ވާހަކައެއް މެނުވީ އަޅުގަނޑުމެންގެ ދުލުން ބޭރުކޮށްގެން ނުވާނެއެވެ! ދީނީ ޢިލްމުވެރިއަކަށްވީ ނަމަވެސް ދީނުގެ ތަރަހައިގެ ބޭރުން ވާހަކައެއް ނުދެއްކޭނެ ފަދައިން އެންމެންނަށް ވެސް އޮތީ ހަމަ އެގޮތެވެ."
މިއީ ޝައިޚް އިލްޔާސް ޖަމާލް ވިދާޅުވެފައިވާ ބަސްފުޅެކެވެ. މި ބަސްފުޅަށް ދަލީލް ދައްކަވަމުން ޝައިޚް އިލްޔާސް ވަނީ "(ކުރާ ޢަމަލުތައް) ބަލަހައްޓަވަން އޭނާގެ ކައިރީގައި ޙާޟީރުވެ މަލާއިކަތަކު ނެތި، އޭނާއަކަށް އެއްވެސް ބަހެއް ނުބުނެވޭނެ" ކަމަށް ކީރިތި ޤްރުއާނުގައި ބަޔާން ކުރައްވާފައިވާ އާޔަތް ހާމަކުރައްވައިފައެވެ.
ޝައިޚް އިލްޔާސް ޖަމާލް މިމޭރުމުން ވިދާޅުވެފައިވާއިރު ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް އިއްޔެ ވިދާޅުވީ "އިސްލާމް ދީނާއި ފުށޫއަރާ ފަދަ ބަހެއް ނުވަތަ ކަމެއް މީހަކު ނުވަތަ ބައަކު ކުރާނަމަ އެކަމަށް އިންކާރުކޮށް ޙައްޤު ގޮތް ބަޔާންކޮށް ދިނުމަކީ ޢިލްމްވެރިން ކުރަންޖެހޭ ކަމަކަށްވާއިރު އެކަން ކުރެއްވުމުން "ކަލޭމެން ބޭނުން އެއްޗެއް ކަލޭ މެން ބުނާށޭ އަހަރެމެން ބޭނުން އެއްޗެއް އަހަރެމެން ބުނާނަމޭ ނުބުނެވޭނެ" ކަމަށެވެ.
https://twitter.com/IVaadhuvee/status/1102755489698349056
